Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: އަދުރޭ

ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން: އަދުރޭ

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބު އިދިކޮޅު ކޯލިޝަނުގެ ކެންޑިޑޭޓް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ވާދަ ކުރައްވާނީ ރައީސް ޔާމީން އަބްދުލްޤައްޔޫމް ކަމަށް އެ ޕާޓީގެ ސެނެޓުން ރޭ ވަނީ ނިންމަވާފައެވެ. އަދި އެ ނިންމުން ރައީސް ޔާމީން ވަނީ ޤަބޫލު ކުރައްވާފައެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ޔާމީން ކާމިޔާބު ކުރައްވާނީ ފުރަތަމަ ބުރުން ކަމަށެވެ. އެގޮތުން ޔާމީންގެ ޒަޢާމަތުގައި ދިވެހިން ދެކޭނީ މިނިވަން މުސްތަގިއްލު ސައްތައިން ސައްތަ އިސްލާމީ ދައުލަތެއް ކަމަށާއި އަދި ފުދުންތެރި އުފާ ފާގަތި އަމިއްލަ ވަންތަ ގައުމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދީފައިވާއިރު، އެމަނިކުފާނާ ދެކޮޅަށް ކޮރަޕްޝަންގެ މައްސަލަތައް ކޯޓުގައި އެބައޮތެވެ. ރައީސް ޔާމީނާ ދެކޮޅަށް މިއިން މައްސަލައެއް ނިމިއްޖެނަމަ، އެމަނިކުފާނަށް އިންތިޚާބުގައި ބައިވެރިވުމުގެ ފުރުސަތު ގެއްލުނީއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް