Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޞާލިޙް އިތުބާރު ނެތް ކަމަށް ވޯޓު ދޭނެ ކިތަންމެ މެންބަރުން އެމްޑީޕީގައި އެބަތިބި: ވައްޑެ

ރައީސް ޞާލިޙް އިތުބާރު ނެތް ކަމަށް ވޯޓު ދޭނެ ކިތަންމެ މެންބަރުން އެމްޑީޕީގައި އެބަތިބި: ވައްޑެ
ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދައިފިނަމަ އެމަނިކުފާނާއި ދެކޮޅަށް ވޯޓުދޭނެ ކިތަންމެ މެމްބަރުންނެއް އެމްޑީޕީގައި އެބަތިބި ކަމަށް އުނގޫފާރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައިވާ މި ދަނޑިވަޅުގައި މަޖިލީހުގެ ރައީސްގެ މަޤާމުގައި ހުންނެވި، އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ބޭރު ކުރަން ބައެއް މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ. ވައްޑެ މިހެން ވދާޅުވީ، މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓާއެކު ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމުގެ ވޯޓު ވެސް މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު ބޮޑު ކަމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފް ވިދާޅުވި ޚަބަރު ޓްވީޓް ކުރައްވަމުންނެވެ. އެކަމާ ގުޅިގެން ވައްޑެ ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގާނަމަ، އާދަމް ޝަރީފް ވިދާޅުވާހެން ރައީސް ޞާލިޙްގެ އިތުބާރު ނެތްކަމަށް ވޯޓު ދޭނެ ކިތަންމެ މެމްބަރުންނެއް އެމްޑީޕީގައި ވެސް ތިބޭނެ ކަމަށެވެ.
އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވެގެން އެކި މެމްބަރުން ގުޅުއްވައި އެދިވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. ނަމަވެސް ރަސްމީކޮށް ހުށަހަޅާފައިނުވާ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް