ނިއުކްލިއާ މަޝްވަރާތަކުގައި ބައިވެރިވުމަށް ރަޝިޔާއާއި ޗައިނާއަށް ބައިޑަން ގޮވާލައިފި

އެމެރިކާއިން ރަޝިޔާއާއެކު ނިއުކްލިއާ ހަތިޔާރުގެ އާ އެއްބަސްވުމެއް އެކުލަވާލުމަށް ތައްޔާރަށް އޮތް ކަމަށާއި ހެޔޮ ނިޔަތުގައި މުއާމަލާތް ކުރުމުގެ ގާބިލްކަން މޮސްކޯއަށް އެބައޮތް ކަމަށާއި އެކަން ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމެރިކާގެ ރައީސް، ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.
އަދި ޗައިނާއިން ވެސް އަސްކަރީ ހަމަނުޖެހުން އުފެދޭ ކަންކަން ހައްލުކުރުމަށް މަޝްވަރާތައް ކުރުމަށް ވެސް ބައިޑަން ވަނީ ގޮވާލައްވާފައެވެ.
ކޮވިޑް-19 ގެ ސަބަބުން ނިއުކްލިއާ ހަތިޔާރު ނުފެތުރުމުގެ މުއާހަދާ ލަސްވިތާ ދެ އަހަރު ފަހުން ނިއުޔޯކަށް ބާއްވާ ދިހަވަނަ ރިވިއު ކޮންފަރެންސަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އޮފިޝަލުން ދަނީ އަންނަމުންނެވެ.
ހަތިޔާރު ކޮންޓްރޯލް ކުރުމަކީ ތާރީޚީ ގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް ކުރިއެރުން ލިބިދާނެ ދާއިރާއެކެވެ. މި ކޮންފަރެންސް ބާއްވަން ނިންމާފައިވަނީ، ރަޝިޔާއިން އަވަށްޓެރި ޔޫކްރޭނަށް އަރައިގަތްތާ ފަސް މަސް ފަހުންނާއި، ބެއިޖިން އިން ދައުވާކުރާ އަމިއްލަ ވެރިކަން ކުރާ ޓައިވާނަށް އަރައިގަންނާނެ ކަމުގެ އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ.