ޔޫއޭއީގައި ދިރިއުޅެމުން އައި ދިވެއްސަކު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެ

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގައި ދިރިއުޅެމުން އައި ދިވެއްސަކު ހާޓް އެޓޭކެއް ޖެހިގެން ނިޔާވެއްޖެއެވެ.
ނިޔާވީ ޢުމުރުން 40 އަހަރުގެ މިއުސަމް މުޙައްމަދު ސަލީމެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަޤާމުގައި ދެ އަހަރު ދުވަސްވަންދެން މަސައްކަތް ކުރެއްވި މިއުސަމް އެ ވަޒީފާއިން ވަކިވެ, ޔޫއޭއީގެ ފުޖެއިރާއަށް އޭނާގެ ޢާއިލާއާއެކު ދިރިއުޅުން ބަދަލުކުރީ މީގެ އަހަރެއްހައި ދުވަސްކުރިންނެވެ. ޔޫއޭއީއަށް ދިރިއުޅުން ބަދަލުކުރެއްވީ އޭނާގެ އަންހެނުންނަށް އެ ޤައުމުން ޓީޗަރެއްގެ ވަޒީފާ ލިބުމުންނެވެ.
މިއުސަމް އަދާކުރައްވަމުން ގެންދެވީ ފުޖެއިރާ އެއާޕޯޓުގެ ވަޒީފާއެކެވެ.
މިއުސަމް ނިޔާވިއިރު އަންބަކާ 12 އަހަރުގެ އަންހެން ދަރިއަކު އެބަ ހުއްޓެވެ.