Thursday, 29 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މިއަދުގެ ޓްވިޓަރ ޓްރެންޑިން ހޭޝްޓެގަކީ #mvinfriendship 

މިއަދުގެ ޓްވިޓަރ ޓްރެންޑިން ހޭޝްޓެގަކީ #mvinfriendship 

މިއަދު ޓްވިޓަރގައި އެންމެ ހިނގިި ހޭޝްޓެގްއަކަށް #mvinfriendship ވެއްޖެއެވެ.

ރާއްޖެ-އިންޑިއާ ރަޙްމަތްތެރިކަން މި ހޭޝްޓެގް މިއަދު ޓްރެންޑިން ވެފައިވަނީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ގުޅިގެންނެވެ.

ރާއްޖެއާއި އިންޑިއާ އާ ދެމެދު މިއަދު އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރުމަށް އެއްބަސްވުންތަކެއްގައި ސޮއި ކުރެވުނުއިރު، މި ހޭޝްޓެގް ބޭނުންކޮށް، ސަރުކާރަށް ސަޕޯޓް ކުރާ ފަރާތްތަކާއި މިނިސްޓަރުން ވެސް ވަނީ ޓްވީޓް ކުރައްވަމުންނެވެ.

Advertisement
Ooredoo — Square (box)

މިގޮތުން މިހާތަނަށް ހަ ހާހަށްވުރެ ގިނަ ފަހަރު މި ހޭޝްޓެގް ބޭނުންކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ރާއްޖެ ތެރޭ މީހުންނާއި މާލޭ މީހުން ތަފާތު ކުރާ ކަމަށް ބުނެ ރައިޒްއާރުޓީގެ ނަމުގައި އަތޮޅުތެރޭ މީހުންގެ ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ގޮވާލި ހޭޝްޓެގެވެ. މީގެ އިތުރުން ރައީސް ނަޝީދު ވެރިކަމުން ދުރުކުރަން ގޮވާލާ ބޭނުން ކުރަމުން އަންނަ އިންޕީޗްނަޝީދު ހޭޝްޓެގާއި އިންޑިއާ އިދިކޮޅުން އިންޑިއާ މިލިޓަރީ ޤާއިމްވެ ތިބުމާ ދެކޮޅަށް ބޭނުން ކުރާ އިންޑިއާ އައުޓް މިއަދު ޓްރެންޑިންގައިވެއެވެ.

އިންޑިއާއިންވަނީ މިއަދު ރާއްޖެއަށް 100 މިލިޔަން ޑޮލަރުގެ އިތުރު ކްރެޑިޓް ލައިނެއް ދީފައެވެ. އަދި ހައުސިން މަޝްރޫއެއްގެ 2000 ފްލެޓަށް ހިލޭ އެހީދޭންވަނީ ނިންމާފައެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް ޞާލިޙް ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތެއްގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް