Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިޙް މުންބާއީގައި

ރައީސް ޞާލިޙް މުންބާއީގައި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވަމުން ގެންދައވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ މުމްބާއީއަށް ވަޑައިގެންފިއެވެ.

މިއީ ރައީސް ޞާލިޙް އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގެ އެންމެ ފަހުގެ މަންޒިލެވެ.

ރައީސް ސޯލިހް މުމްބާއީއަށް ވަޑައިގެން މަހާރަޝްތުރަގެ މޭޔަރާއި ބައްދަލުކުރައްވައި، މުމްބާއީ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ޖަވާހިރް ލާލު ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މެނޭޖްމެންޓާއި ބައްދަލު ކުރައްވައި މަސައްކަތްތައް ހިނގާނުހިނގާ ގޮތްވެސް ބައްލަވާލައްވާނެއެވެ.

Advertisement
Allied Insurance — Square (box)

މީގެއިތުރުން މުމްބާއީގައިވެސް ބިޒްނަސް ފޯރަމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް