Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސް ޔާމީންގެ ޝަރީއަތުގެ ބަޔާންތައް ނޫސްތަކަށް ދިނީ މައްސަލަ ޓްވިސްޓްކޮށް، ހެއްކަށް ނުފޫޒު ފޯރުވަން: ހަލީމް

ރައީސް ޔާމީންގެ ޝަރީއަތުގެ ބަޔާންތައް ނޫސްތަކަށް ދިނީ މައްސަލަ ޓްވިސްޓްކޮށް، ހެއްކަށް ނުފޫޒު ފޯރުވަން: ހަލީމް

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމާއި މަނީލޯންޑަރިންގެ މައްސަލައިގައި ދީފައިވާ ބަޔާންތައް ނޫސްތަކަށް ދީފައިވަނީ ޚުދު ރައީސް ޔާމީން ކަމަށް ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ވިދާޅުވެއްޖެއެވެ.

އިއްޔެ ބައެއް ނޫސްތަކުންވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގެ ދެ ދައުވާގެ ތެރެއިން ވ.އާރަށުގެ މައްސަލައާ ގުޅިގެން އުފުލި ދައުވާގެ ޝަރީޢަތުގައި ހެކިބަސްދިން މުޙައްމަދު ޙުސައިން (އޮއިއްޓޭ)ގެ ހެކިބަސް ޝާއިރުކޮށްފައެވެ.

އޮއިއްޓޭއަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ ތެރެއިން ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ނެންގެވި ދައުލަތުގެ ފައިސާތައް އެކި މީހުންނަށް ބެހުމާއި، އެ ފައިސާ ލޯންޑާކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އޭނާ ހެކިބަސް ދީފައިވަނީ އިނގިރޭސިވިލާތުގައި ހުންނަ ދިވެހި ހައިކޮމިޝަނުގައި ހުރެގެންނެވެ

Advertisement
Ooredoo — Square (box)

މިކަމާ ގުޅިިގެން މިހާރު ސްޓެލްކޯގެ ލީގަލް ހެޑްގެ މަޤާމުގައި ހުންނެވި ހަލީމް ވިދާޅުވީ، ވ.އާރަށް މައްސަލައިގެ ޝަރީއަތަށް ހުށަހެޅި ބަޔާންތަކާއި ހެކިތައް ސީދާ ރައީސް ޔާމީން، ބައެއް ނޫސްތަކަށް ދިނީ ކްރިމިނަލްކޯޓް ގެ ތައްގަނޑާއި ފޯލިއޯ ނަންބަރާއި އެކީގައި ކަމަށެވެ. އަދި އެކަން ކުރީ ވަކި މަޤްސަދެއް ހާސިލް ކުރަން ކަމަށް ވެސް ވިދާޅުވިއެވެ.

"މިކަންކުރީ މައްސަލަ ޓްވިސްޓްކޮށް ހެކިވެރިންނަށާއި ހެއްކަށް ނުފޫޒު ފޯރުވާށެވެ." އޭނާ ވިދާޅުވީ، ހެއްކަށް ނުފޫޒުވި ކުށުގައި މައްސަލަ ނިމެންދެން ރައީސް ޔާމީން ބަންދު ކުރަން ޖެހޭ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް