މަރާލައިފައި ވަނީ ފުވައްމުލަކު އަންހެނެއް, ހަތަރެސްފައިވަނީ ބުރިކޮށްލާފައި
![](https://dhen.mv/wp-content/uploads/2022/08/342007_3_e3b4d7a0d2a8b42e2486a17061b2629db214f34c_large-850x548.jpg)
ހ.ޝީރީން ވިލާގެ ނުވަވަނަ ފްލޯގައި ރޭ މަރާލައިފައި އޮއްވާ ފެނުނީ ފުވައްމުލަކުގެ ޒުވާން އަންހެނެއްކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަރާލައިފައިވަނީ ޏ.ފުވައްމުލަކު/ކުރި, ޝިއާއު މުޙައްމަދު ސަޢީދު (22) އެވެ.
އެނގިފައިވާ ގޮތުގައި ޝިއާއުގެ އުޅަނބޮށްޓާ ހިސާބުން އަތް ވެސް އޮތީ ބުރިކޮށްލައިފައެވެ. ދެފައި ވެސް ބުރިކޮށްލާފައިވާއިރު, ކަރު މުޅިން ވަކިނުވާކަމަށް މަޢުލޫމާތު ލިބެއެެވެ.
ގަލޮޅު މޯޗަރީއަށް ގެންދަން ޝިއާއުގެ ހަށިގަނޑު ނެރުނުއިރު ފުލުހުން ދެ ބޮޑީ ބޭގް ނެރުނެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ އެއް ނަންބަރު ސްކޭޓާ ޢަލީ ޝާހިލް (23) އެވެ. އޭނާ ހައްޔަރުކުރީ ސީންއިން ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.