Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޓީސީސީ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ދެ މަގާމަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެމްޓީސީސީ ބޯޑުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ދެ މެންބަރަކު ހޯދުމަށް އެ ކުންފުނިން އިއުލާނުކޮށްފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 24 ގަޑިއިރުގެ މުއްދަތަކަށެވެ. އަދި ސީއެމްޑީއޭގެ ޤަވާއިދުތަކާ އެއްގޮތަށް، ބޯޑުގެ މަގާމުތަކަށް ވީހާ ވެސް ގިނަ އަންހެން ބޭފުޅުން ކުރިމަތިލުމަށް އެ ކުންފުނިން ވަނީ ބާރުއަޅާފައެވެ.

މި މަގާމަށް ކުރިމަތިލެވޭނީ އެމްޓީސީސީގެ ހިއްސާދާރުންނަށް ނުވަތަ ހިއްސާދާރު ކުންފުންޏަކުން ނޮމިނޭޓުކުރާ ފަރާތްތަކަށެވެ. ކުރިމަތިލާ ފަރާތްތަކަކީ ކުންފުނީގެ ވިޔަފާރިއާއި މާލީ ކަންކަމަށް އަހުލުވެރި، އަދި ސީއެމްޑީއޭއިން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށް ވާންޖެހެއެވެ.

މީގެ އިތުރުން، ބަނގުރޫޓުވެފައިވާ މީހަކަށް ނުވުމާއި، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ނުވުމަކީ ވެސް ޝަރުތެކެވެ. އަދި އެމްޓީސީސީގެ ވިޔަފާރިއާ ވާދަވެރި އެހެން އެއްވެސް މަސްލަހަތެއް އޮތް ފަރާތަކަށް ވެގެން ނުވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ މައުލޫމާތު، ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގެ ކުރިން އާންމުކުރާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް