ޚަބަރު

92,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ހިރިޔާ ސްކޫލް. ފޮޓޯ: ސަން

ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށްފަހު 92,000 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފިއެވެ.

Ads by Sosun Fihaara

މިއަދު ފެށުނު ދިރާސީ އާ އަހަރުގައި ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި 271 ސްކޫލެއްގައި ކިޔަވައިދޭނެއެވެ. އަދި އެ ސްކޫލު ތަކުގައި 92,000 ވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކުރަމުން ދާނެއެވެ. އޭގެ ތެރޭގައި ސަރުކާރުގެ 217 ސްކޫލްގައި 76,000 ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު, 8,300 އަށްވުރެ ގިނަ ޓީޗަރުން އެ ސްކޫލްތަކުގައި ކިޔަވައިދެމުންދާނެއެވެ.

އަމިއްލަ ސްކޫލުތައް ހިމެނޭހެން މި އަހަރުގައި އަލަށް ސްކޫލަށް ވަން ދަރިވަރުންގެ ޢަދަދަކީ 7,700 އެވެ.

ދިރާސީ އައު އަހަރު ފެށުނުއިރު ސްކޫލުތަކުގައ ކިޔަވައިދޭނެ ޓީޗަރުންގެ ޢަދަދަކީ 8,364 އެވެ. އޭގެތެރޭގައި 1,693 ބިދޭސީ ޓީޗަރުން ހިމެނޭއިރު 6,006 ޓީޗަރުންނަކީ ދިވެހިންނެވެ. އަދި ވަގުތީ ޓީޗަރުންގެ ގޮތުގައި 665 ޓީޗަރުން ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!