Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަމަލާ ދިންއިރު ޝާހިލްހުރީ މަސްތުގެ ހާލަތުގައި، ކުރިން ކުށުގެ ރެކޯޑެއް ނެތް: ފުލުހުން

ހަމަލާ ދިންއިރު ޝާހިލްހުރީ މަސްތުގެ ހާލަތުގައި، ކުރިން ކުށުގެ ރެކޯޑެއް ނެތް: ފުލުހުން

އަނިޔާވެރިގޮތަކަށް ރޭގައި މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރާލިއިރު، މައްސަލައިގައި ހައްޔަރުކުރި އަލީ ޝާހިލް ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުނުން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ މިމައްސަލާގައި ހައްޔަރު ކޮށްފައިވާ މީހާ ހަމަލާދިން އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް މިހާތަނަށް އެގިފައިވާކަމަށެވެ. އޭނާ ބޭނުން ކޮށްފައިވަނީ ކޮން ބާވަތެއްގެ މަސްތުވާ ތަކެއްޗެއް ކަމެއް ފުލުނުން ވިދާޅެއް ނުވެއެވެ.

ރޭ މަރާލާފައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު، 22 އެވެ. އެ މައްސަލައާ ގުޅިގެން ޝާހިލް ރޭ ހައްޔަރުކޮށްފައިވާއިރު އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

Advertisement
HDC — Sidebar (box)

ފުލުހުން ވިދާޅުވީ މިހާރުވެސް ފުލުހުންގެ ތަހުގީގް ކުރިއަށްދާއިރު މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރުވެސް ފުލުނުން ބަލަމުންދާކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މި މައްސަލާގައި ތުހުމަތުކުރެވެނީ ޝާހިލް އަށް އެކަނި ކަމަށާއި ނަމަވެސް މިވަގުތާއި ހިސާބަށް އޭނާ ކުށަށް އިއުތިރާފް ވެފައި ނުވާ ކަމަށެވެ. ޝާހިލް އަކީ ކުށުގެ އެއްވެސް ރެކޯޑެއް އޮތް ފަރާތަކަށް ނުވި ނަމަވެސް އޭނާ ހައްޔަރުކުރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

މި ހަމަލާދިނުމުގައި ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުތައް ހޯދިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް