ދުނިޔެ

ހޮންގު ކޮންގުން ކަރަންޓީނުގެ މުއްދަތު ކުޑަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ހޮންގްކޮންގުގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން އެ ޤައުމަށް އެތެރެވާ މީހުން ކަރަންޓީނު ވާން ޖެހޭ މުއްދަތު ތިން ދުވަހަށް ކުޑަ ކޮށްފިއެވެ.

Ads by Sosun Fihaara

އެ ޤައުމަށް ދަތުރުކުރާ ފަތުރުވެރިންނާއި އެހެން މީހުން މިހާރު ހަތް ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ.

މި ބަދަލަށް އަމަލު ކުރަން ފަށާނީ އޮގަސްޓު 12 އިން ފެށިގެންނެވެ. ނަމަވެސް، ތިން ދުވަހުގެ ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރުމަށް ފަހު ވެސް، ފަތުރުވެރިން އިތުރު ހަތަރު ދުވަސް ވަންދެން ޞިއްޙީ ކަންކަން މޮނީޓަރ ކުރަމުން ދާން ޖެހޭނެ ކަމުގައި އެ ސިޓީގެ ލީޑަރު ޖޯން ލީ ވިދާޅުވިއެވެ. އަދި، އެ ހަތަރު ދުވަހުގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރެންޓުތަކުގެ އެތެރޭގައި ޚިދުމަތް ހޯދުން މަނާ ވާނެއެވެ

ކުރިން ހޮންގްކޮންގަށް އެތެރެވާ މީހުން ތިން ހަފުތާގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަ ކުރަން ޖެހެއެވެ. ނަމަވެސް، މިހާރު އަމަލު ކުރަމުންދާ ސިޔާސަތުގެ ދަށުން، އެ ޤައުމަށް އެތެރެވާ ފަތުރުވެރިން ކަރަންޓީނު ވާން ޖެހޭ މުއްދަތަކީ ހަތް ދުވަހެވެ. އަދި، ކަރަންޓީނު ފުރިހަމަ ކުރަން ޖެހެނީ ސަރުކާރުން ކަނޑައަޅާފައިވާ ވަކި ހޮޓެލްތަކެއްގައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި އެތައް ފަހަރެއްގެ މަތިން ޓެސްޓު ހަދަން ޖެހެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!