Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދުނިޔޭގައި ނިސްބަތުން އެންމެ ގިނަ އަންހެން ޕައިލެޓުން ތިބީ އިންޑިއާގައި

ދުނިޔޭގައި ނިސްބަތުން އެންމެ ގިނަ އަންހެން ޕައިލެޓުން ތިބީ އިންޑިއާގައި

އިންޑިއާއަކީ އަންހެން ޕައިލެޓުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމުގައި އަބަދު ވެސް އޮތް ޤައުމެކެވެ. މިގޮތުން 1989 ވަނަ އަހަރު ދުނިޔޭގެ އެންމެ ޒުވާން ކޮމާޝަލް އެއާލައިންގެ ކެޕްޓަނަށް އިންޑިއާގެ ނިވެދީތާ ބާސިން ވެގެން ދިއުމަކީ މީގެ ހެއްކެކެވެ. އެހެންނަމަވެސް އޭރު އިންޑިއާ އަދި ދުނިޔޭގެ ވިސްނުން ވެސް ވަރަށް ކޮއްޓެވެ. އަންހެނަކު ފްލައިޓް ދުއްވާނަމަ އެ ފްލައިޓަށް ނާރާނެ ކިތަންމެ ބަޔަކު އޭރު ތިބެއެވެ.

އެހެންވެ، ނިވެދީތާގެ ކެރިއާގެ ފުރަތަމަ ދުވަސްކޮޅު އޭނާ ދުއްވާ ފްލައިޓަށް އަރަނީ ފަސެންޖަރުންނަށް ފިލައިގެންނެވެ.

ބާސިންގެ ކެރިއަރު ފެށިތާ ތިރީސް އަހަރު ފަހުން މިއަދު އެ ޤައުމުގެ އޭވިއޭޝަންގެ ވިސްނުން ވަރަށް ބޮޑަށް ތަފާތެވެ. އަންހެނުންނާ ފިރިހެނުން ތަފާތު ކުރުން ފެންނަނީ ވަރަށް މަދުންނެވެ. އިންޑިއާގައި އޮޕަރޭޓް ކުރަމުން އަންނަ ކޮންމެ އެއާލައިނެއްގައި ވެސް އަންހެން ޕައިލެޓުން މިއަދު ހަރަކާތްތެރިވެއެވެ.

Advertisement
Allied — Dhen Online (box)

ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ އަންހެން ޕައިލެޓުންގެއުޅެނީ  އިންޑިއާގައި ކަމަށް އިންޓަނޭޝަނަލް ސޮސައިޓީ އޮފް ވިމެން އެއާލައިންގެ ޑޭޓާތަކުން ދައްކައެވެ.

އިންޑިއާގެ ހުރިހާ ޕައިލެޓުންގެ ތެރެއިން ގާތްގަނޑަކަށް %12.4 އަންހެން ޕައިލެޓުން ތިބިއިރު ތިބިއިރު،  ދުނިޔޭގެ އެންމެ ބޮޑު އޭވިއޭޝަން މާކެޓް، އެމެރިކާގައި މިއިންސައްތަ ހުރީ %5.5 ގައެވެ.  އަދި އިނގިރޭސިވިލާތުގައި ހުރީ %4.7 ގައެވެ.

ތަރައްޤީވަމުން އަންނަ އިންޑިއާގައި އަންހެނުންނަށް މިފަދަ ރޯލުތަކުގައި ދެވޭ އަހަމިއްޔަތުކަން އަންނަނީ އިތުރުކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް