ޚަބަރު

ފުލުހުންގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ބިންގާ އަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުލުހުންގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ ބިންގާ އަޅައިފިއެވެ.

Ads by Sosun Fihaara

ކ.ތުލުސްދޫގައި އަޅާ ތިން ބުރީގެ ޕޮލިސް ސްޓޭޝަންގެ ބިންގާ މިއަދު އަޅުއްވާ ދެއްވާފައިވަނީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲއެވެ.

މިއަދު ބިންގާ އެޅުނު ޕޮލިސް އިމާރާތް ހަދަން ހަވާލުކޮށްފައިވަނީ އިންޑިއާގެ އޭބީއެލް އިންދިރާ ޕްރޮޖެކްޓްސް ކުންފުންޏާއެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްރިމް ބޭންކުން އަތޮޅު ތެރޭގެ ފުލުހުންގެ އިމާރާތް ތަރައްޤީ ކުރުމަށް ނަގާފައިވާ 41 މިލިޔަން ޑޮލަރުގެ ލޯނުން ތަރައްޤީ ކުރާ މަރުކަޒެކެވެ. މި ލޯނުގެ ދަށުން ފުލުހުންގެ ޑިވިޝަން ހެޑް ކުއާޓަރުތަކާއި، އަތޮޅު ޕޮލިސް ސްޓޭޝަނާއި، ޕޮލިސް ޕޯސްޓް ހިމެނޭ ގޮތަށް 61 ރަށެއްގައި މަޝްރޫއު ކުރިޔަށް ގެންދަންވަނީ ނިންމާފައެވެ.

ރާއްޖޭގެ ޕޮލިސް ސްޓޭޝަންތައް ފެންވަރު ރަނގަޅު އިމާރާތްތަކަށް ބަދަލު ކުރުމުގެ މަޝްރޫއަކީ 2019 ވަނަ އަހަރު އިންޑިއާގެ ޚާރިޖީ ވަޒީރު ރާއްޖެއަށް ވަޑައިގެން ކުރެއްވި މަޝްވަރާތަކުގެ ތެރެއިން އެއްކަމެވެ. މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް ޞާލިޙް މިފަހުން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

Ads by HDC
  1. ފާއިޒު

    ކިހާ ދެރަކަމެއް ތިޔަ ލޯނު ތައް ނުނަގާށޭ