ޚަބަރު ސިޔާސީ

ސިރާޖު, އިމްރާނަށް: އެއްފަހަރު ނަމަވެސް ޤާނޫނުލްޢުޤޫބާތު ކިޔާލުން މުހިންމު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފާހިޝް ވީޑިއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ޤާނޫނެއް އެކުލަވައިލަންޖެހޭކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވުމުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ރައްދު ދެއްވައިފިއެވެ.

Ads by Hajj Corporation

ރޭ ދަންވަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުތުރުކަން ބޮޑު ފާހިޝް ޢަމަލުތަކުގެ މަންޒަރުތައް އޮންލައިން މީޑިއާތަކާއި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ފަތުރާ ފަރާތްތަކާމެދު އެކަށީގެންވާ ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑެއް އަވަހަށް ވުޖޫދު ނުކުރެވިއްޖެނަމަ ރާއްޖޭގެ އިޖުތިމާޢީ އަޚްލާޤިއްޔާތު އެއްކޮށް ފުނޑުފުނޑުވެގެން ހިނގައިދާނެ ކަމަށެވެ.

އެކަމަށް ރައްދު ދެއްވައި ސިރާޖު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާހިޝް ވީޑިއޯ ފަތުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ޤާނޫނީ އޮނިގަނޑު އެކުލަވައިލެވިފައި އެބައޮތް ކަމަށެވެ.

ސިރާޖު ކުރެއްވި ޓުވީޓުގައި ވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާ ވެސް ހިމަނުއްވައިފައެވެ. ސިރާޖު ވިދާޅުވީ ޤާނޫނު ތަންފީޒު ކުރެވޭނަމަ ހައްލު ލިބޭނެ ކަމަށެވެ.

ސިރާޖު ވިދާޅުވީ ހޯމް މިނިސްޓަރުކަން ކުރައްވާއިރު އެއްފަހަރު ނަމަވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު ކިޔާލުން މުހިންމު ކަމަށެވެ.

Ads by Allied Insurance
  1. ޤާނޫނުލް ޢުޤޫބާތު ރަގަޅަށް ކިޔައިފިއްޔާ ސިރާޖު ކަލޭ ޖެހޭނީ ފުރަތަމަ ޖަލަށްދާން މަބޮޑަށް ތިމާ ވެގެން ތިއުޅެނީ، ކޮންތަނަކުން ފައިސާ ލިބިގެން ކެމްޕޭން ކޮށްގެން ހޯދި ގޮޑިޔެއްތޯ ؟