ޚަބަރު ސިޔާސީ

ދިއްގަރު ބައި އިލެކްޝަން: ޢަބްދުލްހަންނާނަށް ތާއީދު ހޯދުމަށް ޕީއެންސީގެ ރައީސް ދިއްގަރަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް އާއި ނައިބު ރައީސް އިބްރާހިމް ޝުޖާއު. ފޮޓޯ: ޝުޖާއު/ޓްވިޓާ

މ.ދިއްގަރު ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުލްހަންނާނަށް ތާއީދު ހޯއްދެވުމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމާއި އިދިކޮޅު ކޯލިޝަންގެ ޓީމެއް ދިއްގަރަށް މިއަދު ފުރާވަޑައިގެންފިއެވެ.

Ads by MWSC

މާލޭ ސިޓީ ކައުންސިލުގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ.

''އަޅުގަނޑުމެން މި ނައްޓާލީ މ.ދިއްގަރަށް. ދިއްގަރު ކައުންސިލުން ހުސްވެފައިވާ ގޮނޑީގެ ބައި އިލެކްޝަންގައި ޕީޕީއެމްއިން ވާދަކުރައްވާ ޢަބްދުލްޙަންނާނު އަހްމަދު, ކެނޑިޑޭޓް ނަންބަރު 2 އަށް ތާއީދު ހޯދުމަށް.'' ދަތުރުގެ ފޮޓޯއެއް ހިއްސާކުރައްވައި ޝުޖާ ވިދާޅުވިއެވެ.

ދިއްގަރު ކައުންސިލުގެ ހުސްވެފައިވާ ގޮނޑިއަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޢަބްދުލްހަންނާން ހޮވައިދިނުމަށް އެދިވަޑައިގެން ރޭ ޢާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ޔާމިން ވިދާޅުވީ މިހެން ހުސްވާ ސިޔާސީ ގޮނޑިތަކަށް ޕީޕީއެމްގެ ފިކުރުގެ މީހުން ހޮވަން ބޭނުންވާ ސަބަބަކީ ރާއްޖޭގެ ހާލަތު އޮތް ހިސާބުން މިއަށްވުރެ ރަނގަޅު ހާލަތަކަށް އަލުން ގެންދިއުން ކަމަށެވެ.

''ދިއްގަރު ކައުންސިލުން މިހާރު ހުސްވެފައިވާ ގޮނޑިއަށް ދިއްގަރު ޢަބްދުލްހަންނާން މި ކެންޑިޑޭޓް ހޮވައިދެއްވުމަކީ އަޅުގަނޑާ ޕާޓީގެ ހުރިހާ މެންބަރުންގެ ފަރާތުން ތިޔަ ބޭފުޅުންގެ އަރިހުން ވަރަށް ބޮޑަށް އެދޭ އެދުމެއް'' ރައީސް ޔާމިން ވިދާޅުވިއެވެ.

ދިއްގަރު ކައުންސިލުން މިހާރު ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރާނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވަނީ ޒުލައިޚާ އަޙްމަދެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!