Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ގާދިއްފުއްޓާއި ދިއްގަރު ކައުންސިލްގެ ގޮނޑި ވެސް އެމްޑީޕީއަށް

ގާދިއްފުއްޓާއި ދިއްގަރު ކައުންސިލްގެ ގޮނޑި ވެސް އެމްޑީޕީއަށް

މިއަދު ކުރިޔަށް ދިޔަ ތ. ގާދިއްފުށި ކައުންސިލްގެ އަންހެން މެންބަރު ހޮވުމާއި، މ. ދިއްގަރު ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންސް ވެސް އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

މ. ދިއްގަރު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ އާރިފް އަށް ވަނީ 375 ވޯޓު ލިބިފަ އެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި އަބްދުލްހަންނާނަށް ލިބިފައިވަނީ 325 ވޯޓެވެ.

މި އިންތިހާބު ބާއްވަން ޖެހުނީ ދިއްގަރު ކައުންސިލްގެ މެންބަރު އިބްރާހީމް ޚަލީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Advertisement
Ooredoo — Square (box)

ތ. ގާދިއްފުށީގެ އިންތިހާބު ކާމިޔާބު ކުރި އެމްޑީޕީގެ ކެންޑިޑޭޓް ޒުލައިޚާ އަޙުމަދަށް ވަނީ 210 ވޯޓު ލިބިފައެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި ހައްވާ އަބްދުލްހާދީ އަށް ލިބިފައިވަނީ 201 ވޯޓެވެ. އަދި އެމްއާރްއެމްގެ ފަރާތުން ވާދަކުރި ފާޠިމަތު މަލްދާ އަށް ލިބިފައިވަނީ ހަތަރު ވޯޓެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް