މަނަދޫގައި 40 ފުލެޓް ހަދަން 40 މިލިއަނަށް ކުންފުންޏަކާ ހަވާލުކޮށްފި

ނ.މަނަދޫގައި 40 ހައުސިންގ ޔުނިޓު ޢިމާރަތްކުރުމުގެ މަސައްކަތް 40 މިލިއަން ރުފިޔާއަށް ކުންފުންޏަކާ ހަވާލުކޮށް އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
ޕްލޭނިންގ މިނިސްޓްރީން މިއަދު ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުން މަނަދޫގައި 40 ހައުސިންގ ޔުނިޓު ޢިމާރަތްކުރުމުގެ މަސައްކަތް ހަވާލުރީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.
އެ މަސައްކަތް ހަވާލުކުރީ 40.3 ރުފިޔާއަށް ކަމަށާއި, އެއީ 270 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށްކަމަށް ވެސް ޕްލޭނިންގ މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާނީ 700 އަކަފޫޓުގެ 40 ހައުސިންގ ޔުނިޓެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި, ތިން ފާހާނާއާއި, ސިޓިންރޫމާއި, ބަދިގެއާއި, ކާގެއާއި, ލޯންޑްރީއާއި, ސްޓޯ ރޫމެއް ހުންނާނެއެވެ.