Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިންޑިއާގެ ހައިކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފި

އިންޑިއާގެ ހައިކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފި

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ހުޅުމާލެއަށް ބަދަލުކޮށްފިއެވެ.

ހައިކޮމިޝަންގެ އާ ޢިމާރާތް ހުންނާނީ ހުޅުމާލޭ ހިތިގަސް މަގުގައެވެ. މިއަދުން ފެށިގެން ޚިދުމަތްތައް ލިބޭނީ އެ ޢިމާރާތުންނެވެ.

މިހާތަނަށް އިންޑިއާގެ ހައިކޮމިޝަން ހިންގަމުން އައީ ކުރީގެ ރައީސް މަރްޙޫމް މުޙައްމަދު އަމީންދީދީގެ ޢާއިލީ ގެކަމަށްވާ ހ.އަތިރީގެ އާގޭގައެވެ.

Advertisement
Ooredoo — Truecaller (box)

2019 ވަނަ ސަރުކާރުން ވަނީ އިންޑިއާގެ އިތުރުން އެހެނިހެން ބައެއް ޤައުމުތަކުގެ އެމްބަސީ ޢިމާރަތްކުރަން ހުޅުމާލެއިން ބިން ދޫކުރަން ނިންމާފައެވެ.

އިންޑިއާގެ އެމްބަސީ ޢިމާރަތްކުރަން އޭރު ބިން ހަމަޖެއްސީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިންނެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ރާއްޖެ ވަޑައިގެން އެ ޢިމާރާތުގެ ބިންގާ އަޅުއްވައިދެއްވާ ގޮތަށް ކުރިން ހަމަޖެއްސި ނަމަވެސް އެކަން ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް