ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.
އެމްޑީޕީން ބުނީ މާދަމާ ހެނދުނު 11 ޖަހާއިރު އެމްޑީޕީގެ އޮފީހުގައި ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.
ސީޝެލްސް އަދި އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަށްފަހު ނަޝީދު މިއަދު ވަނީ އެނބުރި މާލެ ވަޑައިގެންފައެވެ.
ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމާފައިވަނީ ރައީސް ޞާލިޙާއި ރައީސް ނަޝީދާއި ދެމެދު އޮތް ގުޅުން ވަރަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމްޑީޕީގެ ކޮންގްރެސް ވެސް ކައިރި ވެފައިވަނިކޮށެވެ.






ކޮމެންޓް