Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ޒިޔަތުގެ ޒިންދަގީ ބަރުބާދުވީ އޭނާއަށް ހެޔޮ މަގު ދައްކުވައި ނުދިނުމުން: ޑރ.އިޔާޟް

ޒިޔަތުގެ ޒިންދަގީ ބަރުބާދުވީ އޭނާއަށް ހެޔޮ މަގު ދައްކުވައި ނުދިނުމުން: ޑރ.އިޔާޟް

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ''މައި މުގޫ'' ކަމަށްވާ, އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ ޒިންދަގީ ބަރުބާދުވީ އޭނާއަށް ހެޔޮ މަގު ދައްކުވައި ނުދީ, އޭނާ ލައްވައި ވައްކަން ކުރުވުމުންކަމަށް ޑރ.މުޙައްމަދު އިޔާޟް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޒިޔަތުގެ މައްޗަށް އުފުލި 32 ދަޢުވާއަށް އޭނާ ވަނީ އިޢުތިރާފުވެފައެވެ. އެ ގޮތުން ދައުލަތުން އޭނާއާއެކު ވަނީ އިޢުތިރާފު އެއްބަސްވުމެއް ހަދައިފައެވެ.

އެ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް މީޑިއާގައި ރިޕޯޓުކުރީ މިރޭގައެވެ.

Advertisement
Ooredoo — Square (box)

އެ ޚަބަރާ ގުޅިގެން އިޔާޟް ވިދާޅުވީ ޒުވާން ކުއްޖެއްގެ ޒިންދަގީ ބަރުބާދުވެގެން އެ ދިޔައީ ބަޔަކު މީހުންގެ ހިތުގައި ފައިސާއަށް އޮތް ދަހިވެތިކަމެއްގެ ސަބަބުން އޭނާއަށް ހެޔޮމަގު ދައްކުވައިނުދީ ވައްކަން ކުރުވުމުގެ ސަބަބުން ކަމަށެވެ.

އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނު ގޮތަށް ޒިޔަތަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވީ 2020 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ. ނަމަވެސް ޒިޔަތު އެ ޙުކުމް ތަންފީޒު ކުރައްވަނީ ގޭގައި ހުންނަވައިގެންނެވެ. ސަރުކާރުން ބުނަނީ ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ އޭނާގެ ސިއްހީ ހާލަތަށް ރިޢާޔަތްކޮށް ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް