Thursday, 29 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބަރުލަމާނީ ނިޒާމަށް ފައްޔާޒުގެ ތާއީދު ވަރަށް ބޭނުން: ރައީސް ނަޝީދު

ބަރުލަމާނީ ނިޒާމަށް ފައްޔާޒުގެ ތާއީދު ވަރަށް ބޭނުން: ރައީސް ނަޝީދު

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ކުރާ މަސައްކަތުގައި އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ތާއީދު ބޭނުންވާކަމަށް އެމްޑީޕީގެ ރައީސް, މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށް ގާނޫނުއަސާސީ އަށް ހުށަހަޅުއްވަން ބޭނުންފުޅުވާ އިސްލާހުތައް އާއްމުކުރައްވައިފައެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަމަށް އައުމަށް ކޯލިޝަން ހަދަންޖެހޭ ކަމަށާއި، އަދި އެގޮތަށް ދިމާވުމުން ވަޒީރުންގެ މަޖިލީހުގެ ބޮޑު ބައެއް ކުދި ޕާޓީތަކަށް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، މި ދެންނެވި ކުދި ޕާޓީތަކަށް ގޮނޑި ލިބޭ މިންވަރު މަދުކަމަށާއި، އެގޮތަށް ދިމާވުމުން ވެރިކަމުގެ އޮނިގަނޑު ހަރާބުވާ ކަމަށެވެ. އަދި މިހާރު ނިކުންނަ ވެރިކަމުގެ އޮނިގަނޑުގެ މައްސަލަ ހައްލު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ބަރުލަމާނީ ނިޒާމު ގެނައުމަށް ނަޝީދު ކުރައްވާ މަސައްކަތްޕުޅާ، ފައްޔާޒުއާ ގުޅުވައި ނޫސްވެރިއަކު ކުރި ސުވާލަކާ ގުޅިގެން ވިދާޅުވީ، ފައްޔާޒްގެ ތާއީދު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށެވެ. އަދި މިކަމުގައި އެންމެންގެވެސް ތާއީދު ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ފައްޔާޒަކީ ކަންކަން ކުރައްވާ ހިންގުންތެރި ބޭފުޅެއް ކަމަށާއި، ފައްޔާޒާއެކު މަސައްކަތް ކުރުމަށް ބޭނުންވާކަމަށެވެ.

"އަޅުގަނޑު މިދަންނަވާހެން އަޅުގަނޑު ހުރިހާ ބޭފުޅުންނާވެސް ވާހަކަ ދައްކަމުން ގެންދަން ބޭނުން. އަދި ހާއްސަކޮށް ފައްޔާޒް އިސްމާއިލް. އަޅުގަނޑު ތަކުރާރު އެބަކުރަން، ފައްޔާޒްއަކީ ކަންތައްތައް ކުރައްވާ ބޭފުޅެއް، އަދި ހިންގުންތެރި ބޭފުޅެއް. އެހެންމަ އެބޭފުޅާއާއެކު މަސައްކަތް ކުރުމަށް އަޅުގަނޑު އެދޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް