Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ޞާލިޙާއި ޢާއިލާއަށް ނިސްބަތްކޮށް މެންބަރު ޝަހީމް އައުގުރާނަ ގޮވައިފި

ރައީސް ޞާލިޙާއި ޢާއިލާއަށް ނިސްބަތްކޮށް މެންބަރު ޝަހީމް އައުގުރާނަ ގޮވައިފި

ރައްޔިތުން މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް, ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެ މަނިކުފާނުގެ ޢާއިލާއަށް ނިސްބަތްކޮށް އައުގުރާނަ ގޮވައިފިއެވެ.

ޝަހީމް އައުުގުރާނަ ގޮވާފައިވަނީ ރައްޔިތުން މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައެވެ.

ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރައްވާނެކަމަށް ރައީސް ޞާލިޙް މިއަދު ވިދާޅުވުމުން ވަޓްސްއެޕް ގްރޫޕުގައި ކުރިއަށްދިޔަ ބަހުސުގެެތެރެއިން ޝަހީމް ވިދާޅުވީ ރައީސް ޞާލިޙަކީ ބޮޑު ވަގެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ޢާއިލީ ވެރިކަމެއް ހިންގަވާ ބޭފުޅެއް ކަމަށެވެ. މީގެ އިތުރުން ވެސް ހަޑި ލަފުޒުތައް ބޭނުންކުރައްވައިގެން ޝަހީމް ވަނީ އައުގުރާނަ ގޮވައިފައެވެ.

Advertisement
HDC — Sidebar (box)

''އިބޫ ގޮވައިގެން ތި އާ**ން މަހަށް ދޭ. އަދި ބިގޭ ވެސް ގޮވައިގެން ދާތި.'' ޝަހީމް ވިދާޅުވިއެވެ.

<strong><img class="alignnone wp-image-160531 size-large" src="https://cdn.dhen.mv/wp-content/uploads/2022/08/IMG_20220816_175702-473x1024.jpg" alt="" width="473" height="1024" /></strong>

ޝަހީމަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ނަޝީދަށް ތާއީދުކުރައްވާ ގިނަ މެންބަރުންގެ އުޅުމެއް ނުހުންނަކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް