Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީއަށް ފުރުސަތު ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި: އިމްރާން

ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީއަށް ފުރުސަތު ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި: އިމްރާން

ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީއަށް ފުރުސަތު ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި ކަމަށާއި ނަމަވެސް ޕާޓީގެ މަސްލަހަތު ޤައުމީ މަސްލަހަތަށްވުރެ އިސް ނުކުރައްވާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް، މި ސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަދަލު ކުރަން، އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ފައްޓަވާފައިވާ މަސައްކަތްފުޅަށް، އިމްރާން ވަނީ ތާއީދު ނުކުރައްވާކަން ހާމަ ކުރައްވާފައެވެ. އެއާއެކު، އަދާލަތުން އެ ނިޒާމަށް ތާއީދު ނުކުރަނީ ރިޔާސީ ނިޒާމެއްގައި ސަރުކާރުން ބައެއް އެ ޕާޓީއަށް ލިބޭތީ ކަމަށްބުނެ ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ވަނީ ފާޑު ކިޔާފައެވެ.

މި ފާޑު ކިޔުން ތަކަށް ރައްދު ދެއްވަމުން، އިމްރާން މިއަދު ވިދާޅުވީ، ޕާޓީއަށް ފަހި ފުރުސަތު އޮތީ ބަރުލަމާނީ ނިޒާމާއެކުގައި ކަމަށެވެ.

Advertisement
Ooredoo — Square (box)

"ރާއްޖޭގެ ސިޔާސީ މަޝްރަޙްގައި އަދާލަތު ޕާޓީއަސް ފުރުސަތު އެންމެ ފަހިވާނީ ބަރުލަމާނީ ނިޒާމެއްގައި. ނަމަވެސް ޤައުމީ މަސްލަހަތަށްވުރެ ޕާޓީގެ މަސްލަހަތު އިސްކުރަން ޕާޓީގެ މެންބަރުން އެއްގޮތަކަށް ވެސް ނުރުހޭނެކަން ޔަޤީން" އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް