ޚަބަރު ސިޔާސީ

ދުނިޔޭގައި ސުލްހައާއި ތަނަވަސްކަން އެންމެ ބޮޑަށް ހޯދާފައިވަނީ ބަރުލަމާނީ ޤައުމުތައް: އިންތި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިންތި އަދި މަޖިލީހުގެ ނައިބު ރައީސް އީވާ

ސުލްހަ މަސަލަސްކަމާއި, ތަނަވަސްކަން އެންމެ ބޮޑަށް ހޯދާފައިވާ ޤައުމުތަކަކީ ގާތްކަނޑަކަށް ހުސް ބަރުލަމާނީ ނިޒާމުގެ ޤައުމުތައް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް ޤަރާރެއް ހުށަހަޅުއްވާފައެވެ. އެއީ މައިގަނޑު ގޮތެއްގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމާ ގުޅޭ ގޮތުން ހުށަހަޅުއްވާފައިވާ ޤަރާރެކެވެ.

ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީ އޮފީހުގައި ގެންދަވަނީ ބަރުލަމާނީއާ ގުޅޭ ގޮތުން މަޢުލޫމާތު ހިއްސާކުރެއްވުމަށް ބައްދަލުވުންތައް ވެސް ބާއްވަވަމުންނެވެ.

މިފަދަ ދަނޑިވަޅެއްގައި އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދުނިޔޭގެ އެންމެ ތަހުޒީބު އަދި ސުލްހައާއި ތަނަވަސްކަން އެންމެ ބޮޑަށް ހޯދާފައިވާ ޤައުމުތަކަކީ ގާތްކަނޑަކަށް ހުސް ބަރުލަމާނީ ނިޒާމުގެ ޤައުމުތައް ކަމަށެވެ.

އެ ޙަޤީޤަތަށް ގޮންޖަހައި ރިޔާސީ ނިޒާމް މާ ރަނގަޅުވާނެކަމަށް ބުނެވޭނެވަރުގެ މާ މޮޅު މީހެއް މި ޤައުމުގައި ވަކި ނުހުންނާނެކަމަށް ވެސް އިންތި ވިދާޅުވިއެވެ.

އިންތި މިހެން ވިދާޅުވި ނަމަވެސް, ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެކަށޭނަ ނިޒާމެއް ނޫންކަމަށް ދައުލަތުގެ ވަޒީރުންނާއި, މަޖިލީހުގެ މެންބަރުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. ޚާއްސަކޮށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވިދާޅުވަނީ ބަރުލަމާނީ ނިޒާމު ގެނައުމަށްވުރެ ރާއްޖެ އޮތީ އަދި މާ ޅަފަތުގައި ކަމަށެވެ.

Ads by Ooredoo
  1. ނާޅި

    އެންމެ ކޮރަޕްޓު ހުދުމުހުތާރް ޤައުމުތަކަކީ ބަރުލަމާނީ ޤައުމުތަށް، ބަރުލަމާނީ އެއީ ތިންބާރު އެއްކުރާ ނިޒާމް، އެނިޒާމް ކަމުގޮސްގެން ތިންބާރު ވަކިކުރާ ނިޒާމް ގެންނަން އެންމެ ބޮޑަށް އަޑު އުފުލި މީހުން މިއަދު ހަމަ ރައްޔިތުންނަށް އޮޅުވާލަންތާ މިއުޅެނީ މީހަމަ ހޮޅިބައިގަޑެއް !