ކަސްތޮޅު އަޅުވައި ހައްޔަރުކުރިޔަސް ފަރުވާލެއް ނެތް, ދެމިހުންނާނީ ޙައްޤުގެ މަގުގައި: ޝައިޚް ނިޝާން

ކަސްތޮޅު އަޅުވައި ހައްޔަރު ކުރިޔަސް ފަރުވާލެއް ނެތް ކަމަށާއި އަބަދުވެސް ހުންނާނީ ޙައްޤު ގޮތުގެ މަތީގައި ސާބިތުވެގެން ކަމަށް އައްޝައިޚް އާދަމް ނިޝާން ބިން ޢަލީ އާދަމް މިއަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ޔޯގާ ދުވަސް ފާހަގަކުރަން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށްދިޔަ ވަގުތު ބަޔަކު އެ ތަނަށް ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ޝައިޚް ނިޝާން ހައްޔަރުކުރީ ޖޫންމަހުގެ 22 ވަނަ ދުވަހުއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުޑަ ގޮޅީގައި ބޭއްވުމަށްފަހު ޝައިޚް ނިޝާން ދޫކޮށްލީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.
<img class="alignnone size-medium wp-image-159703" src="https://cdn.dhen.mv/wp-content/uploads/2022/08/YOGA-1-1024x683-1-300x200.jpeg" alt="" width="300" height="200" />
ޝައިޚް ނިޝާން އަލުން ބަންދުކުރެވޭނެ މަގެއް ފެނޭތޯ ބަލަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއެވެ. ނަމަވެސް ޝައިޚް ނިޝާން އެ މައްސަލަ ބަލައިގަނެވެން ނެތްކަމަށް ހައިކޯޓުގެ ރަޖިސްޓްރާ މަރްޔަމް ހޫރުޝީދާ ވަނީ ނިންމަވައިފައެވެ.
ޝައިޚް ނިޝާންގެ ބަންދު އަމުރާ ގުޅިގެން ހައިކޯޓުން އިއްޔެ ބުނީ ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ފަނޑިޔާރަށް ލާޒިމްވާ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށާއި, އެހެންވެ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ.
ޔޯގާއާ ދެކޮޅަށް ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ގިނަ މީހުން ދޫކޮށްލީ ޝަރުތުކުރުމަށްފަހުއެވެ. 46 ދުވަހަށްފަހު ޝައިޚް ނިޝާން ވެސް ދޫކޮށްލީ ޝަރުތުތަކަކާއެކުއެވެ. އެއީ މާލެއިން ބޭރަށް ވަޑައިނުގަތުމަށާއި, ފޯނު ނަންބަރު ބަދަލުވެއްޖެނަމަ އެންގެވުމަށާއި, ތަޙްޤީޤަށް އެއްބާރުލުން ދެއްވުމަށް ޝަރުތުކުރުމަށްފަހުއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެތެރޭގައި ޝައިޚް ފަޟްލޫން މުޙައްމަދު ވެސް ހިމެނެއެވެ. އޭނާ ވެސް ދޫކޮށްލީ ޝަރުތުކުރުމަށްފަހުއެވެ.
ހަމައެހެންމެ ޝައިޚް ނިޝާންއާއި ޝައިޚް ފަޟްލޫންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އަދިވެސް އޮތީ ސަސްޕެންޑްކޮށްފައެވެ.
ޝައިޚް ނިޝާންގެ މައްސަލަ ބަލައިނުގަންނަން ހައިކޯޓުން ނިންމިކަން ބަޔާންކުރައްވައި ޝައިޚް ފަޟްލޫން ކުރެއްވި ޓުވީޓަށް ރިޕްލައިކުރައްވަމުން ޝައިޚް ނިޝާން މިއަދު ވިދާޅުވީ ''އަހަރުމެންގެ ގައިގާ ކަސްތޮޅު އަޅުވައި ހައްޔަރު ކުރިޔަސް, އެއަކަށް ފަރުވާލެއް ނެތް'' ކަމަށެވެ. އަދި ''މި ގޮތުގައި ޙައްޤުގެ މަގުގައި އަބަދުވެސް އަހަރުމެން ސާބިތުވެ ދެމިތިބޭނަން'' ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.
ޝައިޚް ނިޝާން ވިދާޅުވީ ކީރިތި ޤުރުއާނުގެ އާޔަތްތަކާއި ހަދީސް ކިޔުން މިހާރު ވަނީ ''ހަރުކަށި ފިކުރު'' ކަމަށް ކަމަށެވެ.
''މި ފެންނަނީ މި ދުވަސް ނޫންތޯ.'' ޝައިޚް ނިޝާން ވިދާޅުވިއެވެ.
[caption id="attachment_160578" align="alignnone" width="300"]<img class="size-medium wp-image-160578" src="https://cdn.dhen.mv/wp-content/uploads/2022/08/IMG_20220817_125920-300x165.jpg" alt="" width="300" height="165" /> ޝައިޚް ނިޝާން[/caption]
ރާއްޖޭގައި ދީނަށް ފުރައްސާރަކުރުން އިތުރުވެފައިވާއިރު 2018 ވަނަ އަހަރުގެ ފަހުން އެފަދަ މައްސަލަތައް ހުށަހެޅުނު ޢަދަދު ކުރިއާ އަޅާބަލާއިރު މާ ބޮޑަށް ގިނައެވެ. އަދި އެފަދަ މައްސަލަތައް ހުށަހެޅުނު ނަމަވެސް އެކަމުގައި ޝާމިލްވާ މީހަކަށް ފިޔަވަޅެއް ވެސް އަޅާފައެއް ނުވެއެވެ.
ދީނަށް ފުރައްސާރަކުރުމުގެ އިތުރުން ފާހިޝް ހަޑިމުޑުދާރު ޢަމަލުތައް ވެސް ވަނީ ގިނަވެފައެވެ. އެ ގޮތުން އެއް ޖިންސުން ގުޅުން ހިންގުމުގެ މައްސަލަ ހިމެނެއެވެ. އެ މައްސަލައިގެ ތުހުމަތުގައި ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ޤާނޫނީ ވަކިލު ނާޒިމް ޢަބްދުއްސައްތާރު ހައްޔަރުކުރި ނަމަވެސް, އޭނާގެ ވަކީލުކަން ކުރުމުގެ ހުއްދަ ސަސްޕެންޑްކޮށްފައިނުވާކަން ފާހަގަކޮށްލެވެއެވެ.





.jpeg?prefix=media)

ކޮމެންޓް