Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރާއްޖެއިން އިންޑިއާއަށް މަސް އެކްސްޕޯޓް ކުރަން ނަގަމުން އައި ޑިއުޓީ ކަނޑައިލައިފި

ރާއްޖެއިން އިންޑިއާއަށް މަސް އެކްސްޕޯޓް ކުރަން ނަގަމުން އައި ޑިއުޓީ ކަނޑައިލައިފި

ރާއްޖެއިން އިންޑިއާއަށް މަސް އެކްސްޕޯޓް ކުރަން ނަގަމުން އައި ޑިއުޓީ ކަނޑައިލައިފިއެވެ.

މި ޑިއުޓީ ކަނޑާލާފައިވަނީ ދިވެހި ސަރުކާރާއި، ސައުތް އޭޝިއަން ފްރީ ޓްރޭޑް އޭރިއާ (ސަފްޓާ) އާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ. ސަފްޓާ އަކީ، ދެކުނު އޭޝިއާ ސަަރަހައްދުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުމެކެވެ. އެއީ ސާކުގެ ހުރިހާ ގައުމެއް ބައިވެރިވާ، ސަރަހައްދީ އެެއްބަސްވުމެކެވެ.

މިގޮތުން ރާއްޖޭގެ މަހުގެ އުފެއްދުންތައް އިންޑިއާއަށް އެކްސްޕޯޓްކުރުމަށް ނަގަމުން އައި ޑިއުޓީ އެއްކޮށް ކަނޑާލާފާފައިވަނީ މިމަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށް ފަހުއެވެ.

Advertisement
Allied Insurance — Square (box)

މި ބަދަލުތަކާއި ގުޅޭ ގޮތުން ދައުލަތުގެ މީޑީއާ، ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވިދާޅުވީ، ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ނަގަމުން އައި ޑިއުޓީ ސަފްޓާގެ އެހީގައި ކަނޑާއެލުވުމަކީ ލިބުނު ކާމިޔާބީއެއްކަމަށެވެ.

"ސަފްޓާގެ ތެރެއިން މި ފުރުޞަތު މިލިބުނީ. މިއޮއްހާދުވަހު ސަފްޓްގެ އެ ފުރުޞަތު އަޅުގަނޑުމެންނަށް އޮތީ ބޭނުން ނުކުރެވި. އެހެންކަމުން މި ދަތުރުފުޅު [އިންޑިއާއަށް ރައީސް ކުރެއްވި ދަތުރުފުޅު]ގެ ތެރެއިން ފޯމިއުލައިޒް ވެގެން އެ ދިޔައީ. ދެން އޮތީ އިންޑިއާއިންމާކެޓް ހޯދުން. އެގޮތުން މިފްކޯއާއި ޕްރައިވެޓް ކުންފުނިތަކަށް ވިޔަފާރީގެ ރަނގަޅު ދޮރެއް މި ހުޅުވުނީ. އަޅުގަނޑުމެން އެ ފުރުޞަތު އެކުންފުނިތަކަށް ހޯދައިދޭނަން." ފައްޔާޒް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް