Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އިތުރު 36 ސިވިލް ސާވެންޓުން ތަމްރީންވާން އިންޑިއާއަށް

އިތުރު 36 ސިވިލް ސާވެންޓުން ތަމްރީންވާން އިންޑިއާއަށް

ދިވެހި ސިވިލް ސާވިސް މުވައްޒަފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ސާވިސް ކޮމިޝަނުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 2019ވަނަ އަހަރު ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ)އާ އެކު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އިތުރު ބެޗެއް ތަމްރީންވާން މިމަހު 22ގައި އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ "ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމް އިން ދަ ފީލްޑް އޮފް އެޑްމިނިސްޓްރޭޝަން" ޕްރޮގްރާމްގައި ބައިވެރިވުމަށް، ދިވެހި ސިވިލް ސާވިސްގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒިފުން މިއީ އިންޑިއާއަށްދާ 15 ވަނަ ބެޗެވެ. މި އެމްއޯޔޫގައި ސޮއި ކުރެވުނު ފަހުން އިންޑިއާއިން 420އަށް ވުރެ ގިނަ ސިވިލް ސާވެންޓުން ވަނީ ތަމްރީންވެފައެވެ.

22 އޯގަސްޓުން  2 ސެޕްޓެންބަރަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެކި އަތޮޅުތަކާއި މިނިސްޓްރީތަކުގެ ސިވިލް ސާވަންޓުން ވަނީ ބައިވެރިވެފައެވެ.

Advertisement
Allied Insurance — Square (box)

މި ޕްރޮގްރާމްގައި ސިވިލް ސާވަންޓުންނަށް އީ-ގަވަރނަންސް މެކޭނިޒަމްތަކާއި، ލީޑަޝިޕް ޕެރެޑައިމްތަކާއި، އިންޑިއާގައި ޑިމޮކްރެޓިކް މިނިވަން މުއައްސަސާތައް ހިންގާ ގޮތްތަކާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދީ، ތަމްރީން ކުރެވޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް