Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ކުރީގެ މެންބަރުނަށް ދޭ އިނާޔަތްތައް ކަނޑައިލަން އިސްލާހެއް ހުށަހަޅައިފި

ކުރީގެ މެންބަރުނަށް ދޭ އިނާޔަތްތައް ކަނޑައިލަން އިސްލާހެއް ހުށަހަޅައިފި

ދައުލަތުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުންނަށް ދޭ އިނާޔަތްތައް ކަނޑައިލަން މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކާބެހޭ ޤާނޫނަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކާބެހޭ ޤާނޫނަށް މިދިޔަ މަހު އެ އިސްލާހު ހުށަހެޅުއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމެވެ. އެ އިސްލާހުގެ ފުރަތަމަ ކިޔުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަަވައިފައެވެ.

އެ ބިލު ހުށަހެޅުއްވީ މަޖިލީހަކީ ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންޖެހޭ ތަނެއްކަން އޭނާ ނިސްބަތްވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ގަބޫލުކުރެވޭތީ, ކުރީގެ މެންބަރުންނަށް ދެމުން އަންނަ ޚިދުމަތާ ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް ކަމަށް އުޝާމް ވިދާޅުވިއެވެ. އަދި ދައުލަތަށް އެތަކެއް އަހަރު ޚިދުމަތް ކުރައްވާފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާ ނުބައްދަލު އިނާޔަތްތަކެއް އެންމެ ފަސް އަހަރުގެ ދައުރެއް އަދާކުރާ މީހަކަށް ދިނުމަކީ އިންސާފަކަށް ނުވާއިރު, އެކަން ބަދަލުކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވައިލަމުންދާތީ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އުޝާމް ހުށަހެޅުއްވީ މަޖިލީހުގެ އިމްތިޔާޒުތަކާ ބާރުތަކާބެހޭ ޤާނޫނުގެ 08 ވަނަ މާއްދާ އުނިކުރުމަށެވެ. 08 ވަނަ މާއްދާގައި ވަނީ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ދައުލަތުން ދޭން ލާޒިމުކުރާ އިނާޔަތްތަކެވެ.

އެ ގޮތުން އެއް ދައުރު އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ %30 (12750) ރުފިޔާ ލިބޭއިރު, ދެ އަދާކޮށްފައިވާ މެންބަރަކަށް މުސާރައިގެ %45 (19125) ރުފިޔާ ލިބޭނެއެވެ. އަދި ކުރީގެ މެންބަރުންނަށާއި އެ މީހުންގެ ޢާއިލާއަށް ހެލްތު އިންސުރެންސް ސްކީމަކާއި އެ މެންބަރުންނަށް އޮފިޝަލް ޕާސްޕޯޓެއް ލިބޭނެއެވެ. އެ އިނާޔަތްތައް ލިބޭނީ ދައުލަތުގެ އިތުރު ވަޒީފާއެއް އަދާނުކުރާ ޢުމުރުން 55 އަހަރުން މަތީގެ ކުރީގެ މެންބަރުންނަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް