ޚަބަރު ސިޔާސީ

''ކުރީ މޫސުމުގައި އިމްރާން ވިއްކީ ފިތުނައާއި, މީސްމީހުންގެ މަރު, މި ފަހަރު ކޯއްޗެއް؟''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މޭޑޭގެ މުޒާހަރާގައި އިމްރާން ފޭކް ކަރުދާސްތަކެއް ހިފައިގެން.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ފެށެން ކައިރިވެފައިވާއިރު އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކާނީ ކޮން ޕާޓީއަކުން ކޮން ކެންޑިޑޭޓެއްތޯ ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ސުވާލުކުރެއްވުމުން ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ޝިފާޤް މުފީދު (ހިސްޓޯ) ރައްދު ދެއްވައިފިއެވެ.

Ads by STELCO

ރޭގެ ވަގުތެއްގައި އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ 2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަޖެހެން ފެށީ ކަމަށާއި, އެކި ޕާޓީތަކުން ވިއްކަނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ.

''އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީއަކުން ކޮން ކެންޑިޑޭޓަކަށް ހެއްޔެވެ.''

އެކަމަށް ރައްދު ދެއްވައި ހިސްޓޯ މިއަދު ވިދާޅުވީ އިމްރާން ވިދާޅުވީ ތެދެއް ކަމަށާއި, 2023 ގައި ވިއްކާނެ އެއްޗަކާމެދު އިމްރާން ވިސްނަވަނީ ކަމަށެވެ. ހިސްޓޯ ވިދާޅުވީ ހަތުރުވެރިކަމާއި ހަސަދައިން ތަތްތެޅިފައިވާ އިމްރާނުގެ ފިކުރުންނެރެ ކުރީ މޫސުމުގައި ވިއްކީ މީސްމީހުންގެ މަރު ކަމަށާއި, މީސްމީހުންގެ ބޮލުގައި އެ އިލްޒާމު އަޅުވައިގެން ފިތުނަ ވިއްސައި ވިއްކި ކަމަށެވެ.

''މި ފަހަރު ވިއްކާނީ ކޮންއެއްޗެއް ބާވައެވެ؟'' ހިސްޓޯ ސުވާލު ކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރާ ދެކޮޅަށް 2015 ވަނަ އަަހަރު ބޭއްވި މޭޑޭ މުޒާހަރާގެ ތެރެއިން, ކުރީގެ ނޫސްވެރިޔާ ރިޟްވާންގެ މަރުގެ މައްސަލައިގައި ރައީސް ޔާމިނާއި ގުޅުވައިގެން އިމްރާން ވަނީ ކަރުދާސްތަކެއް ދައްކަވައިފައެވެ. އެކަމަކު މޭޑޭގެ މުޒާހަރާއާއި ގުޅިގެން ހައްޔަރުކުރިއިރު އެ ކަރުދާސްތައް ފުލުހުން އަތުލާފައިވާކަމަށް 2020 ވަނަ އަހަރު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި އިމްރާން ވަނީ ވިދާޅުވެފައެވެ.

އޭގެފަހުން އިމްރާން ވަނީ މޭޑޭގައި ދެއްކެވި ވާހަކަތައް ގިނަބަޔަކު މިހާރު ހަނދާނެއް ނުހުންނާނެ ކަމަށާއި, ނަމަވެސް ދެއްކެވުނު ވާހަކަތައް އޭނާ ހަނދާން ހުންނެވި ކަމަށެވެ. އެ ދުވަހުގައި އެއްވެސް ބޭފުޅަކަށް ތުހުމަތުކުރައްވައި ވާހަކަދައްކަވާފައި ނުވާނެކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

މޭޑޭގައި އިމްރާން ގެންގުޅުއްވި ކަރުދާސްތަކަކީ ނޫސް ޕްރިންޓްތަކެއްކަމަށް ޑރ.މުޙައްމަދު އިޔާޒު މީހެއްގެ ގާތުގައި ވިދާޅުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އަދި ޢަދާލަތު ޕާޓީގެ އޮފީހުގައި, އެ ޕާޓީގެ މެންބަރުންގެ ގާތުގައި ވެސް އެ ކަރުދާސްތަކަކީ ފޭކެއްކަމަށް އިމްރާން ވިދާޅުވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

ެއަންނަ ރިޔާސީ އިންތިޚާބު ގާތްވެފައިވާއިރު މިފަހަރު ވެސް އިމްރާން ވިއްކަވާނެ އެކައްޗެއް ކަމަށް ލަފާކުރެވެނީ އިސްލާމްދީނެވެ. އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ރައްޔިތުން ވާވެއްދުމެވެ. މިދިޔަ ޖުލައި މަހުގެތެރޭގައި ކުރެއްވި ޓުވީޓުތަކުން އެކަން ހާމަވެއެވެ.

Ads by Ooredoo
  1. އިމުރާން ނަޝީދާއި އަދީބާއި ޔާމީނާއި ބެހޭގޮތުން ދެއްކެވި ވާހަކަ ތަކަކީ އޭގައި ކޮންމެސް ވަރެއްގެ ހަޤީގަތެއް އެކުލެވޭ ވާހަކަތަކެއްކަން މިހާރު ޤަބޫލުކުރެވޭ !