ޚަބަރު ޝަރުޢީ ދާއިރާ

ޢަލީ ޞާލިޙަށް ހަމަލާދިން މީހާ 15 ދުވަހަށް ބަންދުކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު އަދި އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙަށް ތޫނު އެއްޗަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މުޙައްމަދު ޖަމީލުގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

Ads by STELCO

ޢަލީ ޞާލިޙަށް ހަމަލާދިނީ އިއްޔެ މެންދުރުފަހު 13:30 ހާއިރު ހުޅުމާލޭގައި ހުންނަ ސޮނީ ހާޑްވެއާ ފިހާރަ ކައިރިން ސައިކަލުގައި ދަނިކޮށެވެ. ޖަމީލް އުޅުނީ ޢަލީ ޞާލިޙްގެ ކަރަށް ހަމަލާދޭށެވެ. ނަމަވެސް އެ ވަގުތު އަތް ނެގުމުން ކަޓަރު އެޅިފައިވަނީ ޢަލީ ޞާލިޙްގެ އަތުގައެވެ. ލިބުނު ޒަޚަމްތަކަށް އޭނާ ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވައިފައެވެ.

ފުލުހުން ބުނީ ޖަމީލުގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 15 ދުވަސް ދީފައިވާ ކަމަށެވެ.

ޖަމީލަކީ އެޗްޑީސީގައި ސަޕޯޓް ސްޓާފެއްގެ ވަޒީފާ އަދާކުރަމުންދާ މީހެކެވެ. ހަމަލާއާ ގުޅިގެން ވަޒީފާއިން ވަނީ ސަސްޕެންޑްކޮށްފައެވެ. އެޗްޑީސީން ބުނީ އުސޫލުގައި އޮންނަ ގޮތުން ވަޒީފާއިން ވަކިކުރެވޭނީ ސަސްޕެންޝަނަށްފަހު ކަމަށެވެ.

ޖަމީލަކީ މިދިޔަ ޖުލައި 01 ވަނަ ދުވަހު ހުކުރު ނަމާދު ވަގުތު ސަލްމާން މިސްކިތުގެ މިންބަރަށް އަރައި އަޑުގަދަކޮށްގެން ވެސް ހައްޔަރުކުރި މީހެކެވެ. ނަމަވެސް އެއީ ނަފްސާނީ މީހެއްކަމަށް ބުނެ މާ ގިނައިރެއް ނުވަނީސް ދޫކޮށްލީއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!