ވާހަކަ

ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި)

މާސާ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
(ޓްރެއިލަރ) ލިބޭތޯ ޔާރު ޖަންނަތުން ލިބޭތޯ ޔާރު ޖަންނަތުން (ފުރަތަމަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދެވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިންވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން( ހަތަރުވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނުވަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ދިހަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެގާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ތޭރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސާދަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ފަނަރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސޯޅަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން ( ސަތާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާރަވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ވިހިވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެކާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައުވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ފަންސަވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ސައްބީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ހަތާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އަށާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ނަވާވީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (އެއްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ބައްތިރީސްވަނަ ބައި) ލިބޭތޯ ޔާރު ޖަންނަތުން (ތެއްތިރީސްވަނަ ބައި)

ކައިރީގައި އިން ނަވަލްއަށް ހިންދިރުވައިލެވުނީ އުނދަގުލުންނެވެ. ހުދު އޭނާއަކީ އެ ހާލަތުގައި އިން އަންހެނެކެވެ. ކުލްސޫމަށް އެ ސިއްރު އެނގިއްޖެނަމަ ވާނެގޮތް ހިތަށް އަރުވާލަން ވެސް ނަވަލްއަށް ދައްޗެވެ. ސިކުނޑިއަށް ބާރުވާން ފެށުމާއެކު ހޮޑުލެވެން އުޅޭހެން ނަވަލްއަށް ހީވިއެވެ. ވަގުތަކީ އުމައިރް އަށް ވެސް ގެއަށް ވަދެވުނު ވަގުތެވެ. ކުއްލިއަކަށް ސޯފާއިން ތެދުވެ ނަވަލް ދުއްވައިގަތީ އިތުރަށް ކެތް6ކުރަން އުނދަގޫވުމުންނެވެ. ނަމަވެސް އޭނާއަށް އެޅުނީ ދެތިން ފިޔަވަޅެވެ. އޯކަށް ދަމައިގަތުމާއެކު ހޮޑު ލެވެން ފެށުނީ އެކަމަށް ކުލްސޫމްއާއި، ދާވޫދް އަދި އުމައިރްގެ ސަމާލުކަން ހުއްޓެމުންނެވެ.

Ads by STELCO

*********************

" އަރ ޔޫ އޯކޭ؟". ނަވަލް އަތުން ފެންތަށި ނަގަމުން އުމައިރް އަހާލިއެވެ. އަނގައިން ބުނާނޭ ހިތްވަރެއް ނެތި ނަވަލް ބޯ ޖަހާލިއެވެ. އޭރު އެނދުގެ ކަނާތް ފަރާތުގައި އިށީނދެ އިން ކުލްސޫމްގެ މޫނުން ވެސް ފެންނަނީ ނުތަނަވަސްކަމެވެ.

" ދަރިފުޅު މާ ބޮޑަށް ބަލި ތިވަނީ މިިހާރު. މަންމައަށް ފެންނަނީ ޑޮކްޓަރަށް ދައްކާލަން". ކުލްސޫމް ބުނެލިއެވެ. ނަވަލްއަށް އެއްޗެކޭ ބުނެވުމުގެ ކުރިން ޖަވާބު ދިނީ އުމައިރްއެވެ. ޑޮކްޓަރަށް ދައްކާނީ އިތުރަށް ކަމެއް ގޯސް ވެއްޖެކަމުގައި ބުންޏެވެ. އެކަމުން ނަވަލްގެ ހިތަށް ކުޑަ ތަސައްލީ އެއް ލިބުނު ކަމުގައި ވިޔަސް ސިކުނޑި ވީ ހާސްކަމެއްގެ ތެރޭގައެވެ. އިތުރަށް ގޯސްވުން ނޫން ކަމެއް ނުވާނެކަން އޭނާއަށް އެނގެއެވެ. ވީ އިރު އިތުރު ގޮތެއް އޮތްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލެވުނެވެ.

ރަޖާގަނޑު ތެރޭ އިތުރަށް ހަށިގަނޑު ފޮރުވާލަމުން ނަވަލް ލޯ މަރާލިއެވެ. އެ ލޮލުގައި ވި ވޭނާއި އުދާސް ސިއްރުކުރި ކަހަލައެވެ. ހިނދުކޮޅަކަށް ނަމަވެސް ނިދީގެ ތެރެއިން އެ ނަފްސަށް ހަމަޖެހުމެއް ލިބުން9 އެދޭ ފަދައެވެ. ނަވަލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ކުލްސޫމް ތެދުވިއެވެ. އުމައިރްއަށް އިޝާރާތެއް ކޮށްލަމުން އޭނާއާއެކު އައުމަށް އެދުނެވެ.

" ހިއެއް ނުވޭތަ އަހަރެމެންގެ ނަވަލްއަށް ކަމެއް ވެފަ ހުންނަހެން؟ އެ ކުއްޖާގެ އެ ހުންނަ ހިނިތުންވުމާ އެ މޫނުން ފެންނަން ހުންނަ ތާޒާކަމެއް މަންމައަށް ނުފެނޭ މިހާރު". ކުލްސޫމް ވާހަކަ ދައްކަން ފެށީ ސިޓިންގްރޫމަށް ނުކުމެވުމުންނެވެ. އޭނާގެ ފަހަތުން އައިސް ސޯފާގައި އިށީން ދާވޫދްއާއި އުމައިރްއަށް ކުލްސޫމްގެ ނަޒަރު ދަތުރުކޮށްލިއެވެ. ދެބަފައިން ވެސް އެކަމާ އެއްބަސްވި އިރު އުމައިރްގެ ވިސްނުންވީ މާ ދުރަށް ހުއްޓިފައެވެ. ކޮއްކޮ ނަވަލްއަށް އެ އައި ބަދަލު އެނގޭ މީހަކަށް ހުދު އޭނާ ވީ އިރު އެކަމުގައި މާ ފަރުވާ ކުޑަ ކުރެވުނީކަން ވިސްނުނެވެ. އެންމެ ފަހަރަކުވެސް ނަވަލްއަށް ވާހަކަ ދައްކާނޭ ފުރުސަތެއް އުމައިރް ނުދެއެވެ. ގާތް ކުރުމުގެ ބަދަލުގައި ދުރުކޮށްލެވުނީއެވެ. ނަފްސަށް ވެރިވި ހިމޭންކަމާއެކު އުމައިރްއަށް އިސްޖަހާލެވުނެވެ.

****************************

މެންދުރު ނިދުނު ގޮތަށް ޔެލިޒްއަށް ހޭލެވުނު އިރު އިރުއޮއްސެން ކައިރިވެއްޖެއެވެ. ކޮޓަރިއަށް ވެރިވެފައިވާ އަނދިރި ކަމުގެ ތެރެއަށް ލޯ ހޭނެން ނެގި މަދު ވަގުތުކޮޅަށް ފަހު އޭނާ ބާލީސް ކައިރީ އޮތް ފޯނު ނެގިއެވެ. އަސްރާގެ ފަރާތުން ލިބިފައިވާ މިސްޑް ކޯލު ފެނުމާއެކު ފުރަތަމަ ވެސް މަންމައަށް ގުޅާލިއެވެ. އެ ކޯލުގައި ހުރެ މަޑުމަޑުން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނުކުތް އިރު އަރްހަމް ފެންނަން ނެތުމުން އެ ހިތަށް ބިރުވެރިކަން ވަނެވެ. އޭރު ގޭގެ ބޮކިތައް ނުދިއްލާ ހުރުމުން ވެރިވެފައިވީ އަނދިރި ކަމާއެކު ވާރޭގެ އަޑު ވެސް އިވެމުން ދިޔައެވެ. ހުޅުވާފައިވާ ކުޑަދޮރުން ޖެހެމުން ދިޔަ ފިނި ވައިރޯޅިއާއެކު ކުޑަދޮރުގެ ފޮތިތައް ވަޔާ އެކީ ދެފަރާތަށް ހެލެމުން ދިޔައެވެ. އޭރު މުޅި މާހައުލުގައި ވެސް ވީ ތެތް ފިނިކަމެވެ.

ޔެލިޒްއަށް ތުން ފިއްތާލެވުނެވެ. ހިތާހިތުން ޝަކުވާ ކޮށްލެވުނު އިރު އެ އެސްފިޔަތަށް ތެމިއްޖެއެވެ. އެކަނި ގޭގައި ހުރުމަކީ ދުވަހަކު ވެސް އޭނާ ކުރި ކަމަކަށް ނުވާއިރު އަރްހަމް އެފަދައިން ޔެލިޒް އެކަނި ކޮށްފައި ދިޔުމުން ހިތުގައި އުފެދުނު ބިރުވެރިކަމާއި އެއްވަރަށް ދެރަވިއެވެ. އެހެން ނަމަވެސް އާ ދިރިއުޅުމެއް ފެށުނީ ކަމުގައި ނަފްސަށް ވިސްނައިދިނެވެ. ދޫކޮށްލި ފުން ނޭވަޔާއެކު ޔެލިޒް މަޑުމަޑުން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަސްރާ ގާތު ފަހުން ގުޅާނެ ކަމުގައި ބުނެ ގޮސް ފުރަތަމަ ވެސް ގޭގެ ބޮކިތައް ދިއްލައިލިއެވެ. އޭގެ ފަހުގައި ކުޑަ ދޮރު ލައްޕާލުމަށްފަހު ބަދިގެއަށް ވަނީ ބަނޑުހައިކަމުގެ އިހްސާސް އިންތިހާއަށް ކުރެވޭތީއެވެ.

ބަދިގެއަށް ވަދެވުމާއެކު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އުނދުން މަތީ ހުރި ރިހަ ތެއްޔެވެ. ދެ ހިޔާލެއްގައި ހުރެ ގޮސް ޔެލިޒް ރިހަ ތެލީގެ މަތި ނަގައި އޭގެން އެތިފޮދެއް ރަހަބަލާލިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔަ އިރު އޭނާއަށް ފަސްއެނބުރި ބަލާލެވުނެވެ.

" ކޮންތާކަށްބާ މި ވަގުތު އެ ދިޔައީ؟". ގަޑިއަށް ބަލާލަމުން ބުނެލިއިރު ދެތިން ފަހަރު އަރްހަމްއަށް ގުޅަން ވެސް ޔެލިޒްގެ ހިތަށް އެރިއެވެ. އެހެނަސް ގުޅޭނެ ގޮތެއް ނެތްކަން ހަނދާންވެ ކޮންމެ ފަހަރަކުވެސް އެ ހިޔާލު ދޫކޮށްލަން ޖެހެނީއެވެ. ކުޑަ މިނުން އަރްހަމްއަށް ގުޅޭނޭ ނަންބަރެއް ވެސް ޔެލިޒްއަށް އެނގިފައި ނެތެވެ. ޙުއްބާ ކައިރިން އަހާލަން ހިތަށް އެރި ކަމުގައި ވިޔަސް އެފަދައިން ކަންތައް ކޮށްފިނަމަ އަރްހަމް ހިތްހަމަނުޖެހިދާނޭ ކަމުގައި ހީވިއެވެ.

ކެތްތެރިވެލައިގެން އިންދާ، އަށެއް ޖަހަން ކައިރިވެފައި ވަނިކޮށް އަރްހަމް ގެއަށް ވަނެވެ. ލައިގެން ހުރި ވާރެ ކޯޓު ބޭލުމަށްފަހު އޭނާ އައިސް ސޯފާގައި އިށީންއިރު ޔެލިޒް ހުރިކަން ނޭނގޭ ފަދައެވެ. ނޫނީ ގަސްތުގައި އަރްހަމް އަޅާނުލީއެވެ.

" ކޮންތާކުން ތި އައީ؟ ގޭގަ އިތުރު މީހެއް ހުރިކަން ނޭނގޭތަ؟". ޔެލިޒް އަހާލައިފިއެވެ. ރުޅިވެރިކަން އިސްކުރަން ހިތް އެދުނަސް ހިތުގައި ޖެހިފައި އިން ވަރުން އެ އަޑު މަޑެވެ. ރާގުގައި ކުރިން ހުންނަ ރުންކުރު ގޮތެއް ނެތެވެ. އެހެނަސް އަރްހަމްގެ ފަރާތުން ފެނުނީ އަޅާލުން ކުޑަ ކަމެވެ. ސޯފާގައި ހަމަޖެހިލައިގެން އިންއިރު ނަޒަރު ހުއްޓިފައިވީ އަތުގައި އޮތް ފޯނަށެވެ. ދެވަނަ ފަހަރަށް ޔެލިޒް ސުވާލު ކޮށްލުމުން އަރްހަމް އިސްއުފުލާ ބަލާލިއެވެ. އެ ބެލުމުގައިވީ ފިނިކަން އިހްސާސްވެ ހިސާބަކަށް ޔެލިޒް ޖެހިލުންވިއެވެ. ހަތަރު ކަޅި ހަމަކުރުން ދަތިވެ އޭނާ އިސްޖަހާލި އިރު މޫނަށް ރަތްކަމެއް ވެރިވިއެވެ.

" އޭޒް އިފް ޔޫ ކެއަރ؟ ޔެލިޒްއަށް މާ ރަނގަޅެއްނު އަހަރެން ނެތީމަ؟ ދެން ކީއްކުރަން އަހަރެން ދިޔައީ ކޮން ތާކަށް ތޯ ބަލަނީ؟ ޔެލިޒް ގޮތަށް އެހެން މީހުންނާ ހެދި އަހަރެން ނޫޅެން. ފުރަތަމަ ވެސް ލޯބިވާ މީހަކު ހުރި ވާހަކަ ބުނި ނަމަ ކައިވެންޏަކާ ހިސާބަކަށް ނުދިޔައީސް. ޔޫ އަރ ސްޓަބޯން. ރޫޑް އެންޑް ސެލްފިޝް". އެއްވެސް އަސަރެއް ނެތްގޮތަށް އަރްހަމް ބުނެލިއެވެ. އެހެނަސް އެއިން ކޮންމެ ލަފްޒަކުން ޔެލިޒްއަށް ލިބުނީ ހައިރާންކަމެވެ. ސޯފާއިން ތެދުވި ގޮތަށް އައިސް އޭނާ އަރްހަމްގެ ކުރިމަތީ ހުއްޓުނީ އެހެންވެއެވެ.

" ސްޓޮޕް. ހުރިހާ ދިމާލަކަށް ކައިވެނި ތި ގެންނަނީ ކީއްކުރަން؟ އަހަރެން އެކަނިތަ ބޭނުންވީ މި ކައިވެނި ކުރަން؟ ކަލެއަށް ވެސް އޮތެންނު ފުރުސަތު. ކައިވެނި ނިންމާލުމުގެ ބާރު ވެސް އެބަ އޮތެންނު؟". ޔެލިޒް ބުނެލިއެވެ. ނަފްސަށް ވެރިވި ރުޅީގެ މައްޗަށް ބާރު ފޯރުވުން އޭނާއަށް އުނދަގޫވީއެވެ.

" ސޯ ޕެތެޓިކް، ތި ހުރިހާ އެއްޗެއް ނުކިޔާ ބުނެބަލަ ރީތިކޮށް ތި ބުނަން އުޅޭ އެއްޗެއް؟ އިންތިޒާރުގަ މީހަކު ހުރީތަ؟" ކޮޅަށް ތެދުވެލަމުން އަރްހަމް ހުއްޓުނީ ޔެލިޒްއާ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. އެ މޫނުގައިވީ މަލާމާތުގެ އަސަރެވެ. ސިކުނޑީގައި ދައުރުވަމުން ދިޔައީ ކޮން ކަމެއް ކަން ނޭނގެއެވެ. އެހެނަސް އެ ދައްކަމުން ދިޔަ ވާހަކަތަކުގައި އަސްލެއް ނެތްކަން އެނގެނީ ހުދު ޔެލިޒްއަށެވެ. ނަމަވެސް ނުވިސްނުނީ އަރްހަމް އެފަދަ އެއްޗެއް ބުނަން ޖެހުނު ސަބަބާއި މެދުގައެވެ.

" އަހަރެން ލޯބިވާ މީހަކު ނެތް". ޔެލިޒް ބުނެލީ މަޑު މަޑުންނެވެ. އަރްހަމްއަށް ބެލުމެއް ނެތިއެވެ. އެހެނަސް އަރްހަމް ކައިރިއަށް ޖެހިލުމާއެކު ޔެލިޒް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވީ ޔެލިޒްގެ މުލައްދަނޑީގައި އަރްހަމް ހިފެހެއްޓުމުންނެވެ.

" އަހަރެންގެ މޫނަށް ބަލަންހުރެ ތިހެން ބުނެވޭނެތަ؟" އަރްހަމް ބުނެލީ ސިއްރެއް ފަދައިންނެވެ. އެ އަޑުގައިވި އާދަޔާ ހިލާފް ނުރައްކާތެރިކަމެއް ޔެލިޒްއަށް އިހްސާސް ކުރެވުނެވެ.

" ކޮން ކަމަކާ މިހާރު ތި ރޮނީ؟ ނޫނީ ޑްރާމާ ކުޅެ ކުޅެ އަނެއްކާ ވެސް މޮޅު ޑްރާމާއެއް ޖައްސަނީތަ؟ އިޒް ދެޓް ވައި ޔޫ ޓުކް ސްލީޕިންގް ޕިލްސް؟ އަބަދު ރުއިން ނޫން ކަމެއް ކުރަން ނޭނގޭތަ؟ ކްރައި ބޭބީއެއް ދޯ؟ ރީތި ސިފައެއް ލިބިފަ ހުއްޓަސް މި ސިކުނޑީގަ އެއްވެސް ތެތްކަމެއް ނެތެންނު؟ ޑޭމް އިޓް!! މައި ޕޭރެންޓްސް ފައުންޑް އެ ޑްރެމެޓިކް ކްރައި ބޭބީ". މި ފަހަރު ވެސް ވާހަކަދެއްކީ އަރްހަމްއެވެ. ޔެލިޒްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިމަތިން ފެންނަން ހުރި އަރްހަމްގެ އެ ސިފައިން އެ ނަފްސުވީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަރްހަމްގެ އަތުތެރޭ ގައިދުވެފައިވީ އެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އެކުލެވިގެން ދިޔަ އިރު އަތްފައި ފިނިވެއްޖެއެވެ.

" ހެޔޮ ނުވާނެ ސްޓޮޕް އިޓް!! ތި ބުނާ ކަހަލަ ގުޅުމެއް އަހަރެންނާ އެއްވެސް މީހެއްގެ ނެތް. މާތްﷲ ދެނެވޮޑިގެންވާނެ.. އަހަރ..". ޔެލިޒްގެ ވާހަކަ ނުނިމެނީސް އަރްހަމް ކަނާތް ހިއްލާ ޔެލިޒްގެ ތުންފަތުގައި އޭނާގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. އިތުރަށް އެންމެ ލަފްޒެއް ވެސް ނުބުނާށޭ ބުނާ ފަދައަކުންނެވެ.

" ކޮންމެހެން މާ ރަނގަޅު މީހަކަށް ވާން އުޅޭނެ ކަމެއް ނެތް. ބުނަން ރަނގަޅު ވާހަކައެއް. އަހަރެންގެ ނުބައިކަން ދައްކުވަން އުޅޭނެ ކަމެއް ނެތް. ސޯ އައިމް އާސްކިންގް. ކީއްވެ އެ ބޭސް ކެއީ؟ ކޮން ކަމެއް ޔެލިޒް އަހަންނަށް ތި ސިއްރު ކުރަނީ؟ " ޔެލިޒްގެ ފުން ކަނޑެއްފަދަ ލޮލަށް ބަލާލަމުން އަރްހަމް ބުނެލިއެވެ. އަމުރެއް ކުރި ފަދައެވެ. ހިތް ރޫރޫ އަޅައިގެން ދިޔަ ނަމަވެސް ޔެލިޒް ކެތްތެރިވީ އޭގެ އިންތިހާއަށެވެ. ތުން ފިއްތާލަމުން އިސްޖަހާލަން އުޅުނު ވަގުތު އަރްހަމް އެ މޫނުގައި ހިފެހެއްޓިއެވެ. އެވަގުތު ޔެލިޒްގެ ލޮލުގައި ވިދަމުން ދިޔަ ކަރުނަ ފެނި އަރްހަމްއަށް ހިންދިރުވާލެވުނެވެ.

" އެވާހަކަ އެނގިގެން އަރްހަމްއަށް ކުރެވޭނީ ކޮން ކަމެއް؟ ބުނެބަލަ؟ އެއްވެސް ކަމެއް ކުރެވޭނެތަ؟ ޔޫ ކާންޓް ޗޭންޖް ވަޓް ހެޒްް ހެޕެންޑް. ފަހަރެއްގަ ވެސް ހީނުކުރާތި އަހަރެން އަރްހަމް ދެކެ ލޯބިވެދާނެއޭ. ދުވަހަކުވެސް ނުވާނަން. އައި ހޭޓް ޔޫ އަރްހަމް އިޔާޒް!! އައި ހޭޓް ޔޫ!!". ކުއްލިއަކަށް އަރްހަމްގެ އަތް ފޮޅުވާލުމާއެކު ޔެލިޒް ފަހަތަށް ޖެހިލިއެވެ. އޭރު ހުއްޓުމެއްނެތި އެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު އޭނާއަށް ގިސްލެވިއްޖެއެވެ.

ހުއްޓުން އަރާފައި އަރްހަމްއަށް ހުރެވުނީއެވެ. ފުރަތަމަ ފަހަރަށް ޔެލިޒްގެ ދުލުން އެ ނަން ބުނެލި އަޑު އިވި ތަފާތު އިހްސާސެއް ކުރެވުނެވެ. ހަމަ އެއާއެކު ޔެލިޒްގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަ ފެނި ކުރެވުނު ކަންތަކާ މެދު ވިސްނާލެވުނެވެ. އެ ނާޒުކު މަލެއް ފަދަ އަންހެންކުއްޖާގެ މައްޗަށް އަނިޔާވެރި ވެވިއްޖެކަން އިހްސާސްވީ ހިނދު ހައިރާންވިއެވެ. އެފަދަ ހިތްވަރެއް އޭނާއަށް ލިބުނީ ކިހިނެތްްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އެހާ އަނިޔާވެރި މީހަކަށް ވީ ކޮން އިރަކުންތޯ ހިތަށް އެރިއެވެ. ކިތަންމެ ވަރަކަށް ޔެލިޒްގެ ސިއްރު ހޯދަން ހިތް އެދުނަސް އޭނާ ކަންތައް ކުރަން ޖެހޭނީ އެފަދައިން ނޫންކަން ވިސްނުނެވެ.

އޭރު ރޮވިފައި ހުރެ ޔެލިޒް، އަރްހަމް ހިފެހެއްޓި ތަނުގައި އަތް އަޅައިގެން ހުއްޓެވެ. އެ ދިމާލަށް އަރްހަމް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް ކުއްލިއަކަށް ފަސްއެނބުރުމާއެކު ޔެލިޒް ގޮސް ކޮޓަރިއަށް ވަނީއެވެ. އޭނާގެ ފަހަތުން އެތެރެއަށް ދާނެހާ ހިތްވަރެއް އަރްހަމްގެ ނެތެވެ. އެ ދިމާލަށް ބަލަހައްޓައިގެން ހުއްޓުން އަރާފައި ހުރެވުނީއެވެ.

" ސުބްހާނަﷲ... ". އިސްތަށިގަނޑުގައި އަތް ހިންގާލެވުމާއެކު އަރްހަމްއަށް ބުނެލެވުނެވެ.

= ނުނިމޭ =

 

Ads by HDC
  1. ހާދަކުރޭ

  2. ޚުމެ

    ޥަރަ ރިތި

  3. ކިޔުންތރިއެއް

    ވަރަށް ރީތި. ހާދަ ލަހޭ އަޕްލޯޑް ކުރާލެއް. އަނެއް ބަޔައް ވަރަށް އިންތިޒާރުކުރެވޭ .

  4. ާަައައިޝާ

    ހާދަ ލަހުންނޭ އަޕްޑޭޓް ވަނީ، އަދި އެހާ ކުރު އެޕިސޯޑް

  5. ހަނޫ

    ފޯވީތީ މިހިތް ކަރުނުން ވާހަކަ ގެނެސްދީބަލަ. މިވާހަކަ އެހާއެއްނޫން

    • ނުނނ

      ވާހަކަ އެހހަ ނުނވީމަ ނުކިޔާ. އެންމެން ހިތްހަމަ ޖެހޭ ގޮތަށް ހުރިހާ ކަމެއް ވޭތތ

  6. މި ނޫހުގަ ވާހަކަތައް ގެނެސްދޭލެއް ވ ލަސްކަން ފާހަގަ ކުރެވޭ…ކިޔުންތެރިން ފޫހިވާނެ ސަބަބެއް މީ….މީ ލިޔުންތެރިޔާގެ މައްސަލަބާ ނުވަތަ ނޫހުގެ މައްސަލަބާ!

  7. ހާދަ ކުރުކޮށް، އަދި ހާދަ ލަސްވަނީ އަޕްޑޭޓް ވާލެއް.

  8. ނުނނ

    ދެންނ ލިޔާ ބައި ި ދިގުކޮށް ގެނސްދެއްޗޭ. ވ ރީތި