އަސްލަމް ބޭނުންވަނީ ތާރީޚު އޮޅުވައިލަން: ''މަލިކަކީ އެއްވެސް އިރަކު ރާއްޖޭގެ ތަނެއް ނޫން''
އިންޑިއާގެ ރަށެއްގެ ގޮތުގައި މިހާރު އޮތް މަލިކަކީ އެއްވެސް އިރެއްގައި ރާއްޖޭގެ ރަށެއް ނޫންކަމަށް ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރު ވަނީ މަލިކު, ރާއްޖޭގެ ތަނަކަށް ނުވެ ދިޔައީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ.
އެ ގޮތުން އަސްލަމް ވިދާޅުވީ ރާއްޖޭގެ ސިޔާދަތީ ސަރަހައްދާ ބެހޭ ގޮތުން އެއްވެސް ޚިޔާލު ތަފާތުވުމެއް ނެތް ކަމަށާއި, ރާއްޖެއިން އެފަދަ އެއްވެސް މައްސަލައެއް ނަގާފައި ނެތް ކަމަށާއި, މަލިކާ ބެހޭ ގޮތުން ވެސް އެފަދަ މައްސަލައެއް ނެތް ކަމަށެވެ.
''ރާއްޖޭގެ ޓެެެރިޓޯރިއަލް ބައުންޑަރީއާ ބެހޭ ގޮތުން, ކަނޑައެޅިފަ ކުރެހިފަ ބައިނަލްއަޤްވާމީ ގޮތުން އެންމެންނަށް އެއްބަސްވެވޭ ޓެރިޓޯރިއަލްތަކެއް ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް އެބައޮތް. ދެން އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހިރާއްޖޭގެ ޓެރިޓޯރިއަލް ވޯޓާސްއާބެހޭ ޑިސްޕިއުޓެއް އެއްވެސް އިރެއްގަ އޮތް ކަމަކަށެއް އަޅުގަނޑުމެންގެތެރޭގައެއް.''
''އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހިރާއްޖޭގަ މަލިކާބެހޭ ގޮތުން ޑިސްޕިއުޓެއް އަޅުގަނޑުމެންނާ.. ސާފުކޮށް އަޅުގަނޑު މި ދަންނަވަނީ ދިވެހިރާއްޖޭގެ ޓެރިޓޯރިއަލް ތެރޭގަ ހިމެނޭ ރަށެއް ދުވަހަކު ވެސް އަޅުގަނޑުމެން ހިމަނާފަ އޮތް ރަށެއް ނޫން މަލިކަކީ.''
ނަމަވެސް ރާއްޖޭގެ އެންމެ އުތުރަށްވާ ގޮތަށް އޮންނަ މަލިކަކީ މުސްލިމް އާބާދީއެއްގެ މައްޗަށް އެކުލެވިފައިވާ ރަށެކެވެ. މިހާރު އެއީ އިންޑިއާގެ ރަށެއް ކަމަށްވިޔަސް އެއް ޒަމާނެއްގައި އެއީ ރާއްޖޭގެ ރަށެކެވެ. އެ މީހުންގެ ނަސްލަކީ ދިވެހި ނަސްލެކެވެ. އަދިއެ ތަނުގެ މުޅި އާބާދީއަކީ %100 މުސްލިމުންނެވެ. ވާހަކަ ދައްކައި އުޅެނީ ދިވެހި ބަހުންނެވެ. ސަގާފަތަކީ ދިވެހިންނާއި ކައިރި އިސްލާމީ ސަގާފަތެކެވެ. އަދި ރާއްޖޭގެ ތާރީޚު ލިޔާއިރު ''މަލިކައްޑޫ (މަލިކާ އައްޑުއާ ދެމެދު) މި ދެމެދު'' މި ގޮތަށް ވެސް ލިޔެފައި ހުރެއެވެ. މާނައަކީ އެއް އިރެއްގައި މަލިކަކީ ރާއްޖޭގެ އަތޮޅެއްކަމެވެ. ރާއްޖެއަށް މަލިކު ގެއްލުނުތާ އަދި 5 ޤަރުނު ނުވާކަމަށް ވެސް ތާރީޚީ ޢިލްމުވެރިން ވިދާޅުވެއެވެ.
އަސްލަމް އަކީ އިންޑިޔާމީހެއްވީމާ އޭނަ ބުނާނީ މަލިކަކީ އިންޑިޔާތަނެކޭނުންތޯ އިންޑިޔާވެސް ދެކޭނީ އެގޮތަށްނުންތޯ ؟ ރައްލާޖެހި ދިވެހިން ދެކެނީ ދިވެހިން ބުނެއުޅެނީ މަލިކް އެއީ ދިރާއްޖޭގެ އަތޮޅެއްކަމުގައި ދިވެހިރާއްޖެއިން ވަކިވި ތަނެއްކަމުގައި ! ހަމަ އެގޮތަށް ޑިޔަގޯގާސިޔާ ސަރަހައްދަކީވެސް ރާއްޖޭގެ ބަޔެއް !
މަލިކު ރާއްޖެއިން ބީވެގެން ދިޔައީ ދިވެހި ސަރުކާރުގެ ދޯހަޅި ކަމުން.