ޚަބަރު ސިޔާސީ

ސުހައިލް އިސްތިއުފާދެއްވީ އެޗްޑީސީ މެދުވެރިކޮށް ސަރުކާރުން ކޮރަޕްޝަން ހިންގަން އުޅޭތީ: ޝިޔާމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަޙްމަދު ޝިޔާމް / ފޮޓޯ: ދެން އިމޭޖްސް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން ސުހައިލް އަޙްމަދު އިސްތިއުފާ ދެއްވީ އެ ކުންފުނި މެދުވެރިކޮށް ސަރުކާރުން ކޮރަޕްޝަން ހިންގަން މަސައްކަތްކުރާތީކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

މިދިޔަ ބުރާސްފަތި ދުވަހު ސުހައިލް އިސްތިއުފާ ދެއްވި ޚަބަރު ހިއްސާކުރައްވައި ކުރެއްވި ޓުވީޓެއްގައި ޝިޔާމް ވިދާޅުވީ މިވާ ގޮތަކީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދައުރު ނިމޭތީވެ ޤާނޫނާ ޚިލާފު ކޮރަޕްޝަންގެ އެތައް ޖަރީމާއެއް އެޗްޑީސީ މެދުވެރިކޮށް ހިންގަން ސަރުކާރުން ބޭނުންވަނީ ކަމަށެވެ.

''އެމްޑީ އިސްތިއުފާ ދެއްވީމަ ޒިންމާ އަދާކުރެއްވުނީކަމަކަށް ނުވާނެ. ސަރުކާރުގެ ޖަރީމާތައް ހުއްޓުވަން މަސައްކަތްކުރައްވަންޖެހޭ.''

ސުހައިލްއަކީ ރައީސް ޑރ.މުޙައްމަދު ވަޙީދުގެ ދައުރުގައި 2012 އިން 2015 އަށް އެޗްޑީސީގެ އެމްޑީގެ މަޤާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭގެ ފަހުން މި ސަރުކާރުން އޭނާ އެމްޑީކަމަށް އަލުން ހަމަޖެއްސިއެވެ. އޭނާ އިސްތިއުފާދެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!