Friday, 30 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މިސްޓަ ބީސްޓް، ޓީމާއެކު ރާއްޖޭގައި

މިސްޓަ ބީސްޓް، ޓީމާއެކު ރާއްޖޭގައި

މަޝްހޫރު ވްލޮގަރ ޖިމީ ޑޮނަލްޑްސަން އޭނާގެ ޓީމާއެކު ރާއްޖެއަށް އަތުވެއްޖެއެވެ.

މިސްޓަބީސްޓް ޔޫޓިއުބް ހިންގަމުން އަންނަ ޖިމީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުއްޓާ ފެންނަ ވީޑީއޯއެއް މިހާރު މީސްމީޑިއާގައި ދަނީ ދައުުރުވަމުންނެވެ.

މިސްޓަބީސްޓް ރިއެކްޓްސް ޗެނަލްއިން މިިދިޔަ ޖުލައި މަހު 26 ވަނަ ދުވަހު ގެނެސްދިން ވީޑިއޯއެއްގައި ރާއްޖޭގެ ހޮޓަލެއްގެ ވާހަކަ ގެނެސްދީފައިވެއެވެ. އެންމެ އަގުބޮޑު ހޮޓަލްތައް ލިސްޓް ކުރަމުން ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓު، ކޮންޑްރަޑް މޯލްޑިވްސްގެ ރަންގަލި އައިލެންޑްގެ ވާހަކަ މިސްޓަބީޓް ވަނީ ގެނެސްދީފައެވެ.

Advertisement
HDC — Sidebar (box)

އެ ހޮޓަލުގައި ރެއެއް ހޭދަކުރެވެނީ 40،000 ޑޮލަރަށެވެ. އެއީ ރެއަކަށް 6 ލައްކަ ރުފިޔާއެވެ. ބެލެވޭ ގޮތުގައި މިސްޓަބީސްޓް ރާއްޖެ އައިސްފައިވަނީ މި ހޮޓަލްގައި ވީޑިއޯއެއް ހެދުމަށެވެ.

މިސްޓަބީސްޓް މަޝްހޫރު ވެގެން ގޮސްފައިވަނީ، ތަފާތު ކޮންޓެކްސްޓްތައް ބާއްވައިގެން މީހުންނަށް ފައިސާ ދޭ މީހެއްގެ ގޮތުގައެވެ. އޭނާގެ މެއިން ޔޫޓިއުބް ޗެނަލްއަށް 100 މިލިޔަން މީހުން ސަބްސް ކްރައިބް ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް