ޚަބަރު

މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން ނާންގަން: އިސްލާމިކް މިނިސްޓްރީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ.އަހުމަދު ޒާހިރު

މިސްކިތުގައި ނަމާދު ކުރާ އަޑު ބޭރަށް ނީވޭ ގޮތަށް ހަދަން އަންގާފައި ނުވާ ކަމަށާއި އެ ގޮތަށް ކަންތައް ކުރުމަކީ ވިސްނުމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިސްކިތްތަކުގައި ނަމާދު ކުރާ އަޑު ބޭރަށް އަޑުނީވޭ ގޮތް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އިސްލާމިކް މިނިސްޓްރީން އަންގާފައިވާ ކަމަށް ބައެއް އިމާމުންނާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ, މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ތެރެއިން މިހާރު ވެސް ނަމާދު ކުރާ އަޑު ބޭރަށް އިވޭނެ ކަމަށެވެ. ނަމަވެސް މާލޭގެ ފަސް މިސްކިތެއްގައި ޒަހުރިއްޔަ ނަމާދުތަކުގައި ބޭރަށް އަޑު ޖައްސާފައި ހުންނަ މިންވަރު ދަށް ކުރަން އަންގާފައިވާ ކަމަށް ވިދާޅުވިއެވެ. މިގޮތަށް އަންގާފައިވަނީ ދީނީ ގޮތުން މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށް ބަޔާނުގައި ވިދާޅުވިއެވެ.

”ބައެއް މިސްކިތްތަކަކީ ކައިރި ކައިރީގައި ހުންނަ މިސްކިތްތަކަކަށް ވެފައި, އެއް މިސްކިތުން އަނެއް މިސްކިތަށް ނަމާދު ކުރާ އަޑު ބާރަށް އިވި, ނަމާދު ކުރަން ދަތިވާކަން ވަނީ ފާހަގަ ވެފައެވެ” މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ.

މީގެ އިތުރުން އަޑު މަޑު ކުރަން އެންގި ފަސް މިސްކިތް ހުންނަ ސަރަހައްދުގެ ގޮތުން, ތުއްތު ކުދިން ކައިރީގައި ތިބޭ ގެތަކަށް އުދަނގޫވާ ކަން ފާހަގަވެފައިވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.

Ads by Allied Insurance
  1. އިންކުރީސް

    ދެއިރު ދެގޮތަކަށް ވާހަކަ ދައްކަނީ ކީއްވެގެންބާ؟