Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެފްކޮންސައަކީ ދެވަނަ ޖީއެމްއާރު: ސައީދު

އެފްކޮންސައަކީ ދެވަނަ ޖީއެމްއާރު: ސައީދު

ތިލަމާލޭ ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސަކީ ދެވަނަ ޖީއެމްއާރު ކަމަށް މާވަށު ދާއިރާގެ ޕީއެންސީގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޖީއެމްއާރަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ހިންގަން ދިން އިންޑިއާގެ ކުންފުންޏެކެވެ. އެ ކުންފުނި އަތުން އެއަރޕޯޓް ހިންގުން އަތުލާފައިވަނީ ބޮޑު އަގެއް ދެއްކުމަށް ފަހުއެވެ.

ސައީދުގެ ފާޑުކިޔުން އެފްކޮންސްއަށް އަމާޒުވެފައިވަނީ އެފްކޮންސްއިން ސާވޭ ކުރުމަށް ބޭނުން ކުރަމުންދިޔަ ބްރިޖް ޕްލެޓްފޯމްގެ އެކްނަރިން ކަޑައިގެން ގޮސް، އެ ޕްލެޓްފޯމް ވިލިގިލީ ފަރަށް އަރާފައިވާތަން ގިނަ ދުވަސްތަކެއް ވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement
Allied Insurance — Square (box)

"މިއީދެވަނަ ޖ.އމ.އރ! މިކަންފެށިއިރުވެސް މިވަނީ މުސީބާތަކަށް.ނުބައިތަނބެއްޖެހުމުގެ ކުރީން ކޮންޓްރެކްޓަރުމިއީ މިކަހަލަކަމެއްކުރިބައެއްތޯ ބަލަންޖެހޭ.ފެށިމަޝްރޫއެއް ނިއްމިބައެއްތޯ؟ އެޅިބުރިޖެއްއެބައޮތްތޯ؟ މަސައްކަތްދައްނަ ރާއްޖެއާއިބޭރުގެ ފަންނީ ބޭފުޅުންގެ މިނިވަންލަފައެއްހޯދަންޖެހޭ" ސައީދު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް