Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މަސް މާރުކޭޓުން ވައްކަން ކުރި މީހަކަށް އަނިޔާކުރުމަށްފަހު މޫދަށް ވައްޓާލައިފި

މަސް މާރުކޭޓުން ވައްކަން ކުރި މީހަކަށް އަނިޔާކުރުމަށްފަހު މޫދަށް ވައްޓާލައިފި

މާލޭ މަސް މާރުކޭޓުން ވައްކަން ކުރިކަމުގެ ތުހުމަތުކުރެވޭ މީހަކު އަތުލައިގަނެ, އޭނާއަށް އަނިޔާކުރުމަށްފަހު މޫދަށް ވައްޓާލައިފިއެވެ.

ޢާންމުވެފައިވާ ވީޑިއޯއިން ފެންނަނީ މާލޭގެ މަސް މާރުކޭޓުން ވައްކަން ކުރިކަމަށް ބުނާ ފިރިހެނަކު އޮބައިގަނެ, ގިނަ ބަޔަކުވެގެން މަސް މާރުކޭޓު ތެރޭގައި އޭނާއަށް އަނިޔާކުރާ މަންޒަރެވެ.

އެ ތަނުގެ އެތެެރޭގައި އަނިޔާކުރުމަށްފަހު މަގަށް ނެރެފައި އަނިޔާކުރާ މަންޒަރު ވެސް ފެނެއެވެ. އޭގެފަހުން ވަނީ މަސް ދޯނިތައް އަޅާފައިވާ ސަރަހައްދުގެ މޫދަށް އޭނާ ވައްޓާލައިފައެވެ.

Advertisement
Allied — Dhen Online (box)

ވީޑިއޯ ނިމުމަކާ ހަމައަށް ދިޔައިރު އެ ސަރަހައްދަށް ފުލުހުން ޖަމާވެފައިވާތަން ވެސް ފެނެއެވެ.

މި މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކުރި ކަމެއް ސާފެއް ނޫނެވެ.

އިންސާފު ގާއިމުކުރުމުގެ ނަމުގައި ޢާންމުން ނިކުމެ ޖިނާައީ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް އަނިޔާކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން މީގެ ކުރިން ވަނީ ދީފައެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް