ޚަބަރު ސިޔާސީ

ދެން އޮތީ ހަލަބޮލި ސިޔާސީ އަހަރެއް, ފުންކޮށް ވިސްނާފައި ގޮތް ނިންމާތި: ރައީސް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

2023 ގައި ފާޑުފާޑުގެ ފިކުރުތައް ރައްޔިތުން ކުރިމައްޗަށް އަންނާނެ ކަމަށާއި, ގޮތް ނިންމުމުގައި ފުންކޮށް ވިސްނުމަށް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

Ads by Hajj Corporation

މ.ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ރޭ ވިދާޅުވީ, ޖެހިގެން އޮންނަ އަހަރަކީ އަނެއްކާ ވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް ކަމަށެވެ. އެ ގޮތުން
ތަފާތު ވިސްނުމާއި ފިކުރުގެ ބޭފުޅުން ރައްޔިތުންގެ ގާތަށް ޕްލޭންތައް ގެންނަވައި, ކުރެހުންތައް ވެސް ގެންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

''ކުރިއަށް މި އޮތް ތަނުގައި ތިޔަ ބޭފުޅުން ކަންތައްތައް ނިންމަވާއިރުގައި، ވަރަށް ފުންކޮށް ވިސްނަވަންވާނެ. ޖެހިގެން އޮންނަ އަހަރަކީ އަނެއްކާވެސް ހަލަބޮލި ސިޔާސީ މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރެއް. ތަފާތު ވިސްނުމާއި ފިކުރު ތިޔަބޭފުޅުންގެ ކުރިމައްޗަށް އަންނާނެ. ޕްލޭންތައް ހުންނާނެ. ކުރެހުންތައް ގެންނަވާނެ. އެހެން ނަމަވެސް، ވިސްނަވަންވީ އެއާ އެއްގޮތަށް ޢަމަލުތައް ބަހައްޓައި، ކަންތައްތައް ކުރަނީ ކޮންބައެއްތޯ.''

ނަމަވެސް ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި, ސަރުކާރު މި އޮތީ އަނެއްކާވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރަން ނިންމާފައި ހުރި މަސައްކަތްތައް ކުރުމާއިގެން ކުރިއަށްދާން ކަމަށް ރައީސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!