ޚަބަރު ސިޔާސީ

ދަޢުވާއަކަށް ޖަވާބުދާރީވާންޖެހޭ ވަޒީރަކު ހުންނެވުމަކީ މުޅި ޤައުމުގެ އަގުވެއްޓޭ ކަމެއް: ޝަހީދު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.ޝަހީދު އަދި މަހްލޫފް. މަހްލޫފްގެ ފޮޓޯ: މިހާރު

ދަޢުވާއަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ވަޒީރަކު ހުންނެވުމަކީ މުޅި ޤައުމުގެ އަގު ވެއްޓޭނެކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެެއެވެ.

Ads by MWSC

ޑރ.ޝަހީދު މިހެން ވިދާޅުވީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ޔޫތު މިނިސްޓަރު އަޙްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދަޢުވާއާ ގުޅިގެންނެވެ.

މެންބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދެއްވައި, ޕީޕީއެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33،000 އެމެރިކާ ޑޮލަރު ލިބިވަޑައިގަތްކަމަށް ބުނާ މައްސަލައިގައި މަހްލޫފުގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދަޢުވާއެވެ.

ރައްޔިތުންގެ މަޖިލީހަށާއި, ރައީސް އޮފީހަށް ޓެގް ކުރައްވައި ޑރ.ޝަހީދު ވިދާޅުވީ ކްރިމިނަލް ކޯޓުގައި ދަޢުވާއަކަށް ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ވަޒީރަކު ހުންނެވުމަކީ މުޅި ދިވެހި ޤައުމުގެ އަގު ވެއްޓޭނެކަމެެއް ކަމަށެވެ. އަދި ''މި ވަރު ވެސް މިހާރު ދެން އޯކޭ ވީ ތޯ'' ސުވާލު ކުރެއްވިއެވެ.

މަހްލޫފަށް ދަޢުވާކުރަން ފޮނުވުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް, މަޤާމުގެ މަސްއޫލިއްޔަތުތަކުން މަހްލޫފު އެކަހެރިކުރެއްވިއެވެ. މައްސަލައިގައި ދަޢުވާކުރަން ފޮނުވައިފިނަމަ ކުރިން ނިންމަވައިގެން ހުންނެވީ އިސްތިއުފާ ދެއްވުމަށް ކަމަށާއި، ނަމަވެސް އިސްތިއުފާ ދެއްވުމާމެދު އިތުރަށް ވިސްނަވާނެކަމަށް މަހްލޫފް ފަހުން ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!