ދުނިޔެ

ތާލިބާނުންގެ ނުރުހުން ޕާކިސްތާނަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ އަސްކަރީ ޑްރޯންތައް އަފްޣާނިސްތާނުގެ ވައިގެ ސަރަޙައްދަށް ވަނުމުގެ ފުރުޞަތު ޕާކިސްތާނުން ފަހިކޮށްދޭ ކަމަށް ބުނެ، ތާލިބާނުން ޕާކިސްތާނަށް ފާޑުކިޔުން އަމާޒު ކޮށްފިއެވެ. އަފްޣާނިސްތާނުގައި ވެރިކަން ކުރާ ތާލިބާނުންގެ ދިފާޢީ ވަޒީރު މުއްލާ މުޙައްމަދު ޔައުޤޫބު ވިދާޅުވީ، އެމެރިކާގެ އަސްކަރީ ޑްރޯންތައް އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަންނަމުންދާ ކަމަށާއި، އެ އުޅަނދުތައް އަފްޣާނިސްތާނުގެ ސަރަޙައްދަށް ވަންނަނީ ޕާކިސްތާނުގެ ވައިގެ ސަރަޙައްދުގެ ތެރެއިން ކަމުގައެވެ.

Ads by Sosun Fihaara

"އެމެރިކާގެ އަސްކަރިއްޔާއިން ޑްރޯންތައް މި ޤައުމަށް ފޮނުވަނީ ޕާކިސްތާނު މަގުން. ޕާކިސްތާނުގެ ވައިގެ ސަރަޙައްދު ހުރަސް ކޮށް މި ޤައުމަށް ވަންނަނީ. އެމެރިކާގެ އަސްކަރީ އުޅަނދުތަކަށް ޕާކިސްތާނުގެ ވައިގެ ސަރަޙައްދުގެ ބޭނުން ހިފުމުގެ ފުރުޞަތު ދިނުން ހުއްޓައިލުމަށް އެ ޤައުމުގައި މިހާރު ވާނީ އެދިފައި،" ޔައުޤޫބު ވިދާޅުވިއެވެ.

މި ކަމާ ގުޅޭ ގޮތުން ޕާކިސްތާނުގެ ޚާރިޖީ ވުޒާރާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ޖުލައި މަހުގެ ތެރޭގައި އެމެރިކާއިން ވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް ދިން ހަމަލާއެއްގައި އަލް ޤައިދާގެ އިސް ލީޑަރު އައިމަން އަލްޒަވާހިރީ މަރައިލާފައެވެ. އެ ހަމަލާ ދީފައި ވަނީ އަސްކަރީ ޑްރޯންއެއް ބޭނުން ކޮށްގެންނެވެ.

އެ ހަމަލާގައި ބޭނުން ކޮށްފައިވާ ޑްރޯން އެ ޤައުމުގެ ވައިގެ ސަރަޙައްދަށް ވަދެފައި ވަނީ ޕާކިސްތާނު މަގުން ކަމަށް ތާލިބާނުން ތުހުމަތު ކުރެއެވެ. ނަމަވެސް، ޕާކިސްތާނުން ވަނީ އެ ކަން ދޮގު ކޮށްފައެވެ. އަދި، އަލްޒަވާހިރީ މަރައިލުމަށް އެމެރިކާއިން ހިންގާފައިވާ އޮޕަރޭޝަނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ކުރިން އެނގިފައި ނުވާ ކަމަށް ވެސް ޕާކިސްތާނުން ބުންޏެވެ.

Ads by Allied Insurance
  1. މުސްލިމުންގެ މެދުގައި ފިތުނަ ފަސާދަ އުފައްދަން އަބަދު ޝަޔާތީނުލް އިންސި މަސައްކަތް ކުރާނެ !