ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދޭނެ ކަމަކަށް ނުބެލެވޭ

ރާއްޖެއަށް ބިންހެލުމެއްގެ އަސަރުކުރި ނަމަވެސް, އެ ބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ބުނެފިއެވެ.
ރާއްޖެއަށް މިއަދު ވަނީ ބިން ހެލުމެއްގެ އަސަރުކޮށްފައެވެ. އެއީ ރާއްޖެއާ 2854 ކިލޯމީޓަރު ދުރުން އިންޑޮނޭޝިޔާގެ ސުމަތުރާގެ ކަނޑު އަޑިއަށް އައި 6.0 މެގްނިޓިއުޑްގެ ބާރުގަދަ ބިން ހެލުމެކެވެ.
އެ ބިންހެލުންއައީ މިއަދު ހެނދުނު 8:29 ގައެވެ.
އޭގެ އަސަރު ރާއްޖެއަށް އިހްސާސް ކުރެވުނު ކަމަށާއި, ނަމަވެސް ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.