Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިފައިންގެއަށް ވަނުމަށް ހުޅުވާލައިފި

ސިފައިންގެއަށް ވަނުމަށް ހުޅުވާލައިފި

ފައިންގެ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޑިފެންސް މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ސިފައިންގެ ވަޒީފާއަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ވަޒީފާއަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ ދިވެހި ރައްޔިތެއް ކަމުގައިވުމާއި އެންމެ ދަށްވެގެން، ޖީސީއީ އޯލެވެލް ފެންވަރު ހުރުން ނުވަތަ އެފެންވަރުގެ ވޮކޭޝަނަލް ސެޓްފިކެޓެއް އޮތުމާއި އުމުރު 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމެވެ.

އަދި ސިފައިންގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއް ގައި ހުރި މީހަކު ކަމުގައި ވުމާއި ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމުގެ އިތުރުން އިސްކޮޅުގައި ފިރިހެނެއް ނަމަ 5 ފޫޓް 5 އިންޗި އަދި އަންހެނެއް ނަމަ 5 ފޫޓް 3 އިންޗި ހުރުމުގެ އިތުރުމުން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުމެވެ.

Advertisement
Allied Insurance — Square (box)

ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މި ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި އަދި ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން، ސްވިމިން) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާއަށް ބަލާނެ ކަމަށް ބުންޏެވެ.

ވަޒީފާއަށްއެދޭ ފޯމާއެކު ޕޮލިސް ރިޕޯޓް ހުށަހަޅަންވެސް ޖެހެއެވެ.

ވަޒީފާއަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް ޑިފެންސް މިނިސްޓްރީންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް