Friday, 30 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މިފަހަރު އަތުލައިގަތީ 5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި

މިފަހަރު އަތުލައިގަތީ 5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި

ރާއްޖެ އެތެރެކުރަން އުޅުނު 5 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ މި ތަކެތި އަތުލައިގަތީ މިމަހުގެ 25 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައިކަމަށެވެ. އަދި ޖަރުމަނުން ރާއްޖެ ގެނެސްފައިވާ މި ޕެކޭޖްތަކުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ 4 ޕެކެޓެއް ފެނިފައިވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ ފެނުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ 1087 ގްރާމް ކެޓަމިން އައި 587 ގްރާމް ކޮކެއިންކަމަށެވެ. އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 1.6 ކިލޯ ހުރިއިރު، އެތަކެތީގެ މަގުމަތީ އަގު 5 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.

Advertisement
HDC — Sidebar (box)

މިމައްސަލައިގައި ޝާމިލުވާ މީހަކާއި އަތުލައިގަނެވުނު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި އިތުރަށް ތަހުޤީޤްކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް