Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކޮށްފި

ވެމްކޯގެ އެމްޑީއަކަށް ސިރާޖު އައްޔަންކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ޔޫސުފް ސިރާޖު, އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މިއަދު އައްޔަންކޮށްފިއެވެ.

ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ޔޫސުފް ސިރާޖު އައްޔަންކޮށްފައިވާކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ވަނީ ހާމަކޮށްފައެވެ. ޔޫސުފު ސިރާޖު އެ މަޤާމަށް ހަމަޖައްސަވާފައި މިވަނީ އެ މަޤާމު ހުސްވެފައި އޮންނަތާ ފަސް މަސް ފަހުންނެވެ.

ވެމްކޯގެ އެމްޑީއަކަށް ކުރިން ހުންނެވި އާދަމް މުޙައްމަދު މިދިޔަ މާޗުމަހުގެ 14 ވަނަ ދުވަހު އެ މަޤާމުން ވަކިކޮށް ޕޯޓްސް ލިމިޓެޑްގެ އެމްޑީއަކަށް ވަނީ ހަމަޖައްސައިފައެވެ.

Advertisement
Allied Insurance — Square (box)

ވެމްކޯގެ ޑެޕިއުޓީ އެމްޑީގެ މަޤާމަށް ޔޫސުފް ސިރާޖު އައްޔަންކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ. ހއ.ދިއްދުއަށް ނިސްބަތްވާ ޔޫސުފް ސިރާޖުވަނީ 2011 އިން 2014 އަށް ހއ.އަތޮޅުގެ އަތޮޅު ކައުންސިލަރުކަން ވެސް ކުރައްވައިފައެވެ.

އޭގެ އިތުރުން 2010 ގައި އޭނާ ވަނީ ވިލިފުށީ ސްކޫލުގެ ޕްރިންސިޕަލްކަމުގެ މަޤާމު ވެސް ފުރުއްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް