Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ޢާޠިފް

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ޢާޠިފް

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ށ.ކަނޑިތީމު/ދޯދި, އަޙްމަދު ޢާޠިފް އައްޔަންކޮށްފިއެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި ޢާޠިފް, އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް މިއަދު އައްޔަންކުރީ މީގެކުރިން އެ މަޤާމުގައި ހުންނެވި ސުހައިލް އަޙްމަދު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.

ޢާޠިފް އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް ހަމަޖެއްސީ 2019 މާޗު 06 ގައެވެ. އެކައުންޓިންގ ދާއިރާގައި 10 އަހަރު މަސައްކަތް ކުރައްވާފައިވާ ޢާޠިފަކީ އެކައުންޓިންގ ދާއިރާއިން މެލޭޝިޔާއިން ބެޗްލާޒް ޑިގްރީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ބީއެމްއެލްއާއި އެމްއެމްއޭގައި ވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް