Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޕްލެޓްފޯމް ފަރަށް އަރާ އެޅުނު ކުނިތައް ނަގައިފި

ޕްލެޓްފޯމް ފަރަށް އަރާ އެޅުނު ކުނިތައް ނަގައިފި

މިދިޔަ މަހު 16 ގައި ވިލިމާލެ ފަރަށް އެރި ބްރިޖުގެ ޖިއޯ ޓެކްނިކަލް މަސައްކަތަށް ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އަރައިގެން، ފަރަށް އެޅުނު ހުރިހާ ކުންޏެއް މިހާރު ނަގާފައިވާ ކަމަށް ބްރިޖްގެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެފްކޮންސް އިން ވިދާޅުވެއްޖެއެވެ.

މީޑިއާތަކާ މިއަދު އެ ކުންފުނިން ހިއްސާ ކުރި މައުލޫމާތުގައިވާ ގޮތުން، މިއަދު ހުރިހާ ކުންޏެއް ނަގާ ވަނީ ނިންމާފައެވެ. އަދި އެ މަަސައްކަތް މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރަމުން އައި ކަމަށާއި މަސައްކަތް ލަސްވީ މޫސުން ތަން ނުދިނުމުގެ ސަބަބުން ކަމަށް އެ ކުންފުން ހާމަކުރެއެވެ.

16 ވަނަ ދުވަހު ބްރިޖް ޕްލެޓްފޯމް ފަރަށް އެރި ނަމަވެސް، އެ ފުން ކުރެވިފައިވަނީ 27 ވަނަ ދުވަހުއެވެ. އެއީ މޫސުން އެކަމަށް ތަން ނުދިނުމުން ކަމަށް އެފްކޮންސްއިން ހާމަކުރެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް