ނިންޖާއޭ ކިޔާ މޫނު ބުރުގާ އެޅައިގެން ހުރި މީހަކަށް ފުރައްސާރަކޮށްފި

މޫނު ބުރުގާ އަޅައިގެން މަގުމަތިން ހިނގާފައި ދިޔަ މީހަކާ ދިމާކޮށް ފޮށުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިހާދިސާ ހިނގާފައިވާ ރޭ 9:40 ހާއިރު މާލޭގެ މަޖީދީ މަގުގައެވެ.
މިމައްސަލަ ކުރިމަތިވި މީހާ ކުރި ޓްވީޓެއްގައި ބުނީ ފިރިހެނަކު އޭނާއާ ފޮށެ ފުރައްސާރަ ކުރީ ގެއަށް ދަނިކޮށް ކަމަށެވެ.
https://twitter.com/travelingto____/status/1567190016396492800?s=20&t=MJKzIv1zdrgaEkaXEnGO_w
އެ މީހާ އަންހެން މީހާގެ ބުރުގާގައި ހިފައި ދަމައިގަތުމަށްފަހު "ނިންޖާ"އޭ ކިޔާ އޭނާއާ ދިމާއަށް ހަޅޭއްލެވި ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.







ކޮމެންޓް