Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ހުއްދަ ނެތް ކާކުލައެއް އަޅާފައިވާ އައިސްކްރީމް ޕައުޑަރެއް ވިއްކުން މަނާކޮށްފި

ހުއްދަ ނެތް ކާކުލައެއް އަޅާފައިވާ އައިސްކްރީމް ޕައުޑަރެއް ވިއްކުން މަނާކޮށްފި

ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ އައިސްކްރީމް ޕައުޑަރެއް ރާއްޖެ އެތެރެކުރުމާއި ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ އިޓަލީގެ "ސްޓެއްލާ" ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު ރާއްޖެ އަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑުން އަންގާފައިވާ ކަމަށެވެ.

އެ އެލާޓާ ގުޅިގެން، އެ އުފެއްދުމުގެ ސަބަބުން އޮތް ކާބޯތަކެތޯގެ ރައްކާތެރިކަމަށް އޮތް ރިސްކުގެ މިންވަރު ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.

Advertisement
HDC — Sidebar (box)

އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޓެއްލާ ބްރޭންޑުގެ އައިސްކްރީމް ޕައުޑަރު ނުވިއްކުމަށާއި ބޭނުން ނުކުރަން އެ އިދާރާ އިން ވަނީ އަންގާފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް