Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޢަދުލުވެރިނުވެއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަގަން ޖެހޭނެ: އިމްރާން

ޢަދުލުވެރިނުވެއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަގަން ޖެހޭނެ: އިމްރާން

ނޫސްވެރިކަމަކީ ވަރަށްބޮޑަށް އަދުލުވެރިކަމަށް ބޭނުންވާކަމެއް ކަމަށާއި, ޢަދުލުވެރިކަމާނުލައި ނޫސްވެރިކަން ކުރެވިއްޖެނަމަ ކޮންމެވެސް ދުވަހަކުން އޭގެ ޒިންމާ އަމިއްލައަށް ނަންނަގަވަން ޖެހޭނެކަމަށް ހޯމް މިނިސްޓަރު ޢިމްރާން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މީޑިޔާ ކައުންސިލާއި, ބްރޯޑް ކާސްޓިންގ ކޮމިޝަނާއި, ޝަހީބު މީޑިޔާ ގުޅިގެން ދެހަފުތާގެ މުއްދަތަށް ކުރިއަށްގެންދިޔަ ނޫސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ސަރުކާރުން އޮތީ މީޑިޔާ ތަންމިނަށް މިނިވަންކޮށްގެން ހުޅުވާލައިގެން ކަމަށާއި, ސަރުކާރުން މީޑިޔާގެ މިނިވަންކަން ހަނި ނުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެން ތިބެގެނެއް މީޑިޔާ ހަންޏެއް ނުކުރާނަން. އެކަމަކު މީޑިޔާ ޒިންމާދާރުވުމަށް މީޑިޔާ އަދުލުވެރިވުމަށް, މީޑިޔާ ރަނގަޅު ގޮތުގައި ބޭނުންކުރުން އެއީ ތިޔަބޭފުޅުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދީނީ ޤައުމީ ބޮޑު ޒިންމާއެއް, ބޮޑު ވާޖިބެއް. އެކަން ފުރިހަމަގޮތުގައި ކޮށްދެއްވުމަކީ ތިޔަބޭފުޅުން ކޮށްދެއްވަންޖެހޭ ކަމެއް."

Advertisement
Allied — Dhen Online (box)

އިމްރާން ވިދާޅުވީ އޭނާއަށް ނިސްބަތްކޮށް ވެސް މީޑިޔާތަކުން އެއްޗެހި ގޮވާ ކަމަށާއި, އެކަމަކު އެއްވެސް މީޑިޔާއަކަށް އިސްވެ ފިޔަވަޅެއް ނާޅުއްވާނެކަމަށާއި, މިނިވަންކަމާއެކު ކުރިއަށްގެންދަންވީ ކަމަށެވެ.

އިމްރާން ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ވެސް އަދި ފަހުން އަންނާނެ ސަރުކާރުތަކުން ވެސް މީޑިޔާއަށް ނުދޭހާ މިނިވަންކަމެއް މިއަދުގެ ސަރުކާރުން މިތިބީ ދީގެންކަމަށެވެ. އަދި އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި, އޭގެތެރެއިން މުޖުތަމަޢު ޚަރާބުވެ, ފަސާދައަށް ދާބަޔަކަށް މީޑިޔާ ވެގެންނުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް